ގިނަ ދުވަސްތަކަކަށްފަހު ރާއްޖެއިން އެއް ދުވަހެއްގެ ތެރޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު މަދުވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 46 މީހަކު ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ 31 ދިވެހީންނާއި 15 ބިދޭސީންނެވެ.

އޭގެތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވްވި 44 މީހަކު ހިމެނެއެވެ. ދެން ހިމެނެނީ އަތޮޅު ތެރެއިން ޕޮޒިޓިވްވި ދެ މީހެކެވެ.

ރާއްޖެއިންް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 9،770 އަށް އަރާފަ އެވެ.

މިއަދު 129 މީހަކު ބަލިން ރަނގަޅުވިއިރު، މިހާރު އެ ބައްޔަށް ފަރުވާ ދެމުންދަނީ 1،340 މީހުންނަށެވެ. އޭގެ ތެރެއިން 96 މީހަކަށް ފަރުވާ ދެނީ ހޮސްޕިޓަލުގައެވެ. އައިސޮލޭޝަން ފެސިލިޓީތަކުގައި 692 މީހުން އެބަތިއްބެވެ.