ކިއާރާ އަދުވާނީ ބޭނުންވަނީ ދަރިފުޅު ކަރީނާ ކަޕޫރު ކަހަލަ މީހަށް ވާންކަމަށް ކިއާރާ ބުނެފައިވާ އިންޓަވިއު ވައިރަލް ވެއްޖެ އެވެ.
ބޮލީވުޑްގެ ދެ ތަރިން ކަމަށްވާ ކިއާރާ އަދުވާނީ އާއި ސިދާރްތް މަލްހޯތްރާއަށް މިއަދު އަލަތު ދަރިފުޅު ލިބުމާއެކު، ކިއާރާ 2019 ގައި ދީފައިވާ އިންޓަވިއުއަކަށް ގިނަ ބަޔެއްގެ ސަމާލުކަން ދަނީ ލިބެމުންނެވެ.
ކިއާރާ އޭރުގެ އިންޓަވިއުގައި ބުނެފައިވަނީ އޭނާއަށް ލިބޭ ދަރިއެއްގެ ގައިގައި ހުންނަށް ބޭނުންވަނީ މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރުގެ ހުންނަ ކޮލިޓީކަމަށެވެ. ކަރީނާގެ ހުންނަ ކެރުމާއި ހުނަރުވެރިކަން އޭނާއަށް ދަރިއަކު ލިބުނީމަ ހުންނަން އެދޭކަމަށް އޭނާ ބުންޏެވެ. ކިއާރާ ވަނީ އެ އިންޓަވިއުގައި ވަރަށް ބޮޑަށް ކަރީނާއަށް ތައުރީފުކޮށްފަ އެވެ.
މި އިންޓަވިއުގައި ކިއާރާ ކަރީނާއާ ގުޅޭ ގޮތުން ދެއްކި ވާހަކަތަކަށް މީހުންގެ އެހާބޮޑު ސަމާލުކަމެއް ލިބުނީ ކިއާރާ މަންމައަކަށް ވުމުން އެންމެ ފުރަތަމަ މަރުހަބާ ކީ މީހުންގެ ތެރޭގައި ކަރީނާ ހިމެނުމާއި ގުޅިގެންނެވެ.
ކިއާރާއާއި ސިދާރްތް ކައިވެނި ކުރީ 2023 ވަނަ އަހަރު އެވެ. އެމީހުންނަށް ދަރިއަކު ލިބެން އުޅޭކަން އިއުލާން ކުރީ މި އަހަރުގެ ފެބްރުއަރީ މަހުގަ އެވެ.
ޓްރަމްޕްގެ މަގުބޫލުކަން 33 ޕަސެންޓަށް ދަށްވެއްޖެ
ރެކޯޑެއް: މީހެއްގެ ގައިން 3.1 ކިލޯގެ ބްލެޑާ ސްޓޯނެއް ނަގައިފި
މަޖިލީހުގެ ދައުރު މިމަހުގެ 27އާ ހަމަޔަށް އިތުރުކޮށްފި