ބެއިޖިންގް (13 އޭޕްރީލް) - ޗައިނާއިން ކޮވިޑް-19ގެ ތަފާތު ވެކްސިންތައް އެއްކުރުމަށް ރަސްމީ މަޝްވަރާތައް ފަށައިފި އެވެ.
އެ ގައުމުގެ ސިއްހީ އޮފިޝަލަކު ވިދާޅުވީ މިއީ ކޮވިޑް-19 ވެކްސިންގެ ރައްކާތެރިކަން އިތުރުކޮށް އެއިން ބަލިން ދުރުކޮށްދޭ މިންވަރު އިތުރު ކުރުމަށް ބޭނުންކުރާ އުކުޅެއް ކަމަށެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި ޗައިނާއިން އުފައްދާ ކޮވިޑް-19ގެ ވެކްސިންތަކުގެ ކޮލިޓީ އެހެން ގައުމުގެ ވެކްސިންތަކާ އަޅާ ކިޔާއިރު ދަށެވެ. ބަލިން ރައްކާތެރި ކޮށްދޭ މިންވަރު ވެސް ދަށެވެ.
"އެކި ބްރޭންޑްތަކުން ވެކްސިންގެ ދެޑޯޒް ހަމަ ކުރުމަކީ ވެކްސިންގެ ރައްކާތެރިކަން އިތުރު ކޮށްދޭނެ ކަމެއް،" ސެންޓަ ފޯ ޑިޒީސް ކޮންޓްރޯލްގެ ޑިރެކްޓަރު ގާއޯ ފޫ ވިދާޅުވި އެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި ޗައިނާއިން އުފައްދާ ވެކްސިންތައް ބަލިން ރަންކާތެރި ކޮށްދޭ ރޭޓް އުޅެނީ 50 ޕަސެންޓަށް ވުރެ ދަށުގަ އެވެ. މިއީ ފައިޒާ ފަދަ ވެކްސިންތަކާ އަޅާބަލާއިރު ނިސްބަތުން ދަށް ރޭޓެކެވެ. -- ރޮއިޓާސް
"ޑެވިލް ވެއާސް ޕްރާޑާ 2"ގެ ޓްރެއިލާ ނެރެފި
ރިފަރެންޑަމާއި އިންތިހާބު ބޭއްވޭނީ 18 އަށް ގާނޫނު ބަދަލުކޮށްގެން
ދަ ފިފްޓީސް ލަޔަން: މި މާސްކުގެ ފަހަތުގައި ވަނީ ކޮން މޫނެއް؟