ތާރީޚު ދިރާސާކުރާ މާހިރުން މިވަނީ ދުނިޔޭގައި މީގެ 2.4 މިލިއަން އަހަރު ކުރިން އުޅުނު ޑައިނަސޯގެ ބާވަތެއް ކަމަށްވާ ޓައިނަސޯރަސް ރެކްސްގެ އާބާދީ އެ ދުވަސްވަރު 2.5 ބިލިއަަނަށް އަރާ ކަމަށް ބުނެފަ އެވެ.
ޓީ ރެކްސްގެ ގުދުރަތީ މާހައުލާއި ބަރުދަނުގެ އިތުރުން ހެދިބޮޑުވުމުގެ ގޮތްތަކާއި އުމުރަށް ބިނާކޮށް ހެދި މި ދިރާސާތަކުގައިވާ ގޮތުން މީގެ 66 މިލިއަން އަހަރު ކުރިން ދުނިޔެ އިން ނެތިގެން ދިޔަ އެ މަހުލޫގަކީ އެންމެ އާބާދީ ބޮޑު އެއް ޑައިނަސޯގެ ބާވަތް ކަމަށެވެ.
އެންމެ ފަހުގެ ހޯދުންތަކުން ދައްކާ ގޮތުގައި އެވްރެޖް ކޮށް ބޮޑު ޓީ ރެކްސް އެއްގެ ބަރުދަނުގައި 5.2 ޓަނު ހުންނައިރު އެވްރެޖް އުމުރަކީ 28 އަހަރެވެ.
މި ދިރާސާތަކުން ވެސް ގިނަ ކަންތައްތަކެއް ހާމަނުވެ ވާ ކަމުގައި ވިޔަސް އެއީ އަހަރުމެންގެ ކުރިން ދުނިޔޭގައި އުޅުނު ދިރޭ އެއްޗެހީގެ ތަފްސީލް ހޯދުމަށް ކުރާ މަސައްކަތުގައި ލިބުުނު ކުރިއެރުމެއް ކަމަށް މާހިރުން ބުނެ އެވެ.
މިހާތަނަށް 40 އަށްވުރެ ގިނަ ޓީ ރެކްސްގެ ކަށިތައް ދުނިޔޭގެ އެކި ކަންކޮޅުތަކުން ފެނިފައިވާއިރު މި ކަށިތައް ބޭނުން ކޮށްގެން އިތުރު ހޯދުުންތައް ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.