މަޝްހޫމު އެކްޓްރެސް އަދި ލަވަ ކިޔުންތެރިޔާ ޖެނިފާ ލޮޕޭޒް އާއި އޭނާގެ ބައިވެރިޔާ ނިއު ޔޯކް ޔެންކީސްގެ ކުރީގެ ބާސްކެޓްބޯޅަ ތަރި އެލެކްސް ރޮޑްރިގޭޒް އެ ދެމީހުންގެ ގުޅުން ނިމުމަކަށް ގެނެސްފި އެވެ.
މި ޖޯޑުގެ މެދުގައި މައްސަލަތަކެއް އުޅޭ ކަމަށް މީގެ ކުރިން ވެސް މީޑިއާއަށް އަޑު އަރާފައިވާއިރު އެ ދެމީހުން ވެސް ވަނީ އޭރު އެކަން ދޮގު ކޮށްފަ އެވެ.
ޖޭލޯ އާއި އޭ ރޮޑް ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ދެ މީހުން އެންމެ ގުޅެނީ ދެ ރައްޓަހިންގެ ގޮތުގައި ކަމަށާއި އެ ގުޅުން ކުރިއަށް އޮތް ތަނުގައި ވެސް އެގޮތަށް އޮންނަން ބޭނުންވާ ކަމަށެވެ.
ހޮލީވުޑްގެ އެންމެ މަޝްހޫރު ސެލެބްރިޓީ ޖޯޑުގެ ގޮތުގައި ގިނަ ބަޔަކު ފާހަގަ ކުރާ މި ދެމީހުން ވަނީ 2019 ވަނަ އަހަރު މާޗު މަހު އެންގޭޖު ވެފަ އެވެ.
ހަތަރު އަހަރަށް ފަހު އެދެމީހުންގެ ގުޅުން ނިމްމަކަށް އައި އިރު ދެމީހުންގެ ކައިވެނި ދެފަހަރެއްގެ މަތިން ކޮވިޑް 19 ޕެންޑަމިކް އާ ހެދި ފަސްކޮށްފައި ވެ އެވެ.
ހިތަދޫ އެކްސިޑެންޓްގައި އަނިޔާވި މީހާ ނިޔާވެއްޖެ
އީރާނާއި އިޒްރޭލުން ހަމަލާތައް ވަގުތީގޮތުން މެދުކަނޑާލައިފި
ޝަމްއާންގެ މައްޗަށް 25 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި