އދ. ގެ މައި މަރުކަޒަށް ވަނުމަށް ބޭނުންވާ ފާސް ހޯދުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގަތުމުން އެ ފާހާ ގުޅޭގޮތުން ފޮރިން މިނިސްޓްރީން ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް އިންކާރުކޮށްފި އެވެ.
ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ނަޝީދަށް އދ. ގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް އެއްވެސް ހުރަހެއް ނެތެވެ. އެމަނިކުފާނު އެ ޖަލްސާގައި ބައިވެރިވެވަޑައިގަތެވެ.
ނަޝީދު ސަރުކާރުގައި އެދިވަޑައިގަތީ އަބަދުވެސް ދިވެހި ދިދަ އާއި ނިޝާން ޖެހި ފާހުގައި ތަމްސީލުވާން ނަޝީދު ބޭނުންފުޅުވާތީ އެފަދަ ފާހެއް ހަމަޖައްސައިދިނުމަށް ކަމަށް ނަޝީދުގެ އޮފީހުން ނެރުނު ބަޔާނެއްގައިވެ އެވެ.
"ދައުލަތާއި ސަރުކާރުގެ ވެރިކަމާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރައްވާފައި ތިއްބާވާ ބޭބޭފުޅުން، އެ ބޭފުޅަކު ނިސްބަތްވެވަޑައިގަންނަވާ ގައުމެއްގެ ފުށުން ހައިސިއްޔަތުން ލިބިވަޑައިގެން، ބައިނަލްއަގުވާމީ ރަސްމީ ޖަލްސާތަކާއި، ހަފްލާތަކުގައި ބައިވެރިވެވަޑައިގަތުމަކީ ބައިނަލްއަގުވާމީ ދަނޑުގެ އާދަކާދަ،" ނަޝީދުގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ވަކިއެއްޗެއް އަދި ބުނެފައެއް ނުވެ އެވެ.

އިންތިހާބާ ދިމާކޮށް އުލިގަމުގައި ޔޮޓް މެރީނާ ހަދަން ހަވާލުކޮށްފި
ހަމަލާއަކާ ގުޅިގެން ދުބާއީ އެއާޕޯޓުން ފްލައިޓްތައް ކެންސަލްކޮށްފި
އިމާމުވެ ހުކުރު ކުރުމުގެ ހުއްދަ އިތުރު 26 ކުއްޖަކަށް
