ރާއްޖޭން ބޭރުގައި ޑެބިޓް ކާޑު ބޭނުންކޮށްގެން އޭޓީއެމްތަކުން ފައިސާ ނަގާއިރު މީގެ ކުރިން ނަގަމުން އައި "ކްރޮސް ބޯޑާ" ފީ ނެގުން މިރެއިން ފެށިގެން ހުއްޓާލަން ނިންމައިފި އެވެ.
ބީއެމްއެލް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މި ބަދަލުގެ ސަބަބުން، ބޭރުގައި ކިޔަވާ ދަރިވަރުންގެ ދިރިއުޅުމުގެ ހަރަދުތަކާއި ތައުލީމީ ބޭނުންތަކަށް ކަނޑައަޅާފައިވާ މަހަކު 1200 ޑޮލަރުގެ ލިމިޓް، އެއްވެސް އިތުރު ޚަރަދަކާ ނުލައި ފުރިހަމަ ގޮތުގައި ބޭނުންކުރެވޭނެ ކަމަށެވެ.
"މިއީ ބޭރުގައި ކިޔަވާ ދަރިވަރުންނަށާއި އެ ދަރިވަރުންގެ އާއިލާތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެއް،" އެ ބޭންކުން ބުންޏެވެ.
އޮޕްޝަނަލް އިޝުއާ ފީއަކީ ކޮބާ؟
އޮޕްޝަނަލް އިޝުއާ ފީއަކީ ކާޑު ދޫކޮށްފައިވާ ބޭންކުން، ބޭރު ފައިސާގެ މުއާމަލާތްތަކުން ނުވަތަ ރާއްޖެއިން ބޭރުގައި ކުރެވޭ މުއާމަލާތްތަކުން ނަގާ ފީއެކެވެ.
މި ފީ ނަގާ ގޮތް:
ކާޑު ނުވަތަ ކާޑު ލިންކުކުރެވިފައިވާ އެކައުންޓުގެ އަސްލު ފައިސާ ނޫން އެހެން ފައިސާއަކުން ވިޔަފާރިއެއް ކުރުމުން ނުވަތަ ފައިސާ ނެގުމުން، އެ މުއާމަލާތެއް ބައިނަލްއަގުވާމީ ޕޭމަންޓް ނެޓްވޯކްތައް (މިސާލަކަށް ވިސާ ނުވަތަ މާސްޓަކާޑު) މެދުވެރިކޮށް ޕްރޮސެސް ކުރަން ޖެހެ އެވެ. މިކަމަށް ހިނގާ ޚަރަދުތައް ފޫބެއްދުމަށް ބޭންކުން މުއާމަލާތުގެ ޖުމްލަ އަދަދުން ވަކި އިންސައްތައެއް "އޮޕްޝަނަލް އިޝުއާ ފީ"ގެ ގޮތުގައި ނަގަ އެވެ.
ބީއެމްއެލް އިން ބުނިގޮތުގައި ކްރޮސް ބޯޑާ ފީއަކީ ބައިނަލްއަގުވާމީ ފެންވަރުގައި ހުރިހާ ބޭންކުތަކަކުން ވެސް މިފަދަ މުއާމަލާތްތަކަށް ނަގަމުން އަންނަ ފީއެކެވެ. އަދި ބޭންކް އޮފް މޯލްޑިވްސްއިން ކާޑުގެ ޚިދުމަތް ތައާރަފުކުރީއް ސުރެ މިއަދާ ހަމައަށް ވެސް، މިބާވަތުގެ މުޢާމަލާތްތަކުން މި ފީ ނަގަމުންދާ ކަމަށް ވެސް އެ ބޭންކުން ބުނެ އެވެ.
ޑޮލަރު މާރުކުރަންޖެހޭ މައްސަލާގައި މަޓީގައި ހޫނު ބަހުސެއް
ޕާޓީތަކުން ސާބިތު ނުހިފޭ ވާހަކަތައް ނުދަކަން އީސީން އަންގައިފި
ނިލަންދޫ އަމާން ހިޔާގެ ސީލިންގު ވެއްޓި ކުދިން އެހެން އިމާރާތަކަށް