ބްރެޒިލް އަށް ކޮވިޑް- 19 ގެ ނުރައްކާތެރި އާ ވޭރިއަންޓްތައް އެތެރެވެ، ޙާލަތު ގޯސްވުމުގެ ސަބަބުން އެގައުމުގެ އާއިލާތަކުން އާއިލާ ރޭވުން މަޑު ޖައްސާލުމަށް ކަމާބެހޭ ފަރާތްތަކުން އެދެފި އެވެ.

އޮފިޝަލުން ބުނާ ގޮތުގައި އާ ވޭރިއަންޓްތަކަކީ މާބަނޑު މީހުންނަށް ފަސޭހައިން ޖެހޭ ވޭރިއަންޓްތަކަކަށް ވުމާއެކު މާބަނޑު މީހުން ގިނަވާނަމަ އެކަމުގެ ސަބަބުން މަންމައަށާއި ބަނޑުގައިވާ ދަރިފުޅުގެ ފުރާނައަށް ނުރައްކާ ވެދާނެ ކަމަށެވެ.

ސައުތު އެފްރިކާގެ ބްރެޒިލް އަކީ ދުނިޔޭގެ ނިސްބަތުން ތިންވަނަ އަށް ކޮވިޑްގެ ހާލަތު އެންމެ ގޯސްވެފައިވާ ގައުމެވެ. ހާލު ބޮޑުވެ، ބަލިމީހުން ގިނަވަމުން ދާއިރު ހޮސްޕިޓަލްތައް ފުރި ހުރިހާ ބަލި މީހުންނަށް ޚިދުމަތް ނުދެވިދާނެ ކަމުގެ ބިރު އޮތް ކަމަށް ސިއްހީ މާހިރުން ބުނަމުން ދާއިރު މާބަނޑު މީހުން އިތުރުވުމަކީ އެކަމަށް ލިބޭ ބޮޑު ގޮންޖެހުމެކެވެ.

ދިރާސާ ތަކުން ދައްކާ ގޮތުގައި ކޮވިޑް-19 ގެ އާ ވޭރިއަންޓްތަކަކީ މާބަނޑު ދުވަސްވަރުގެ ހުރިހާ އިރެއްގައިވެސް އަންހެނުންނަށް ނުރައްކާ ބޮޑު ވޭރިއަންޓް ތަކެކެވެ. އެ ވޭރިއަންޓްތައް މާބަނޑު އަންހެނަކަށް ޖެހިއްޖެ ނަމަ މައިމީހާ އާއި ދަރިފުޅުގެ ޙާލު ގޯސްވުމުގެ ފުރުސަތު ބޮޑު ކަމަށްވެސް ދިރާސާތަކުން ދައްކައެވެ.

ބްރެޒިލްގައި ކޮވިޑް 19 ބަލި ފެތުރެނީ އާއްމުކޮށް ބަލިވެ އިންނަ އުމުރުފުރާގެ ޒުވާނުންގެ މެދުގައި ކަމަށް ވުމާއެކު މި ދަނޑިވަޅުގައި ބަލިވެ އިނުމަކީ އެހާ ރަނގަޅު ކަމެއް ނޫން ކަމަށް އޮފިޝަލުން ލަފާ ދެ އެވެ.

ބްރެޒިލް އަށް ވެކްސިން ލިބުމުގައި ދަތި ތަކެއް ހުރުމުގެ ސަބަބުން ވެކްސިން ޖެހުން މެދުކަނޑާލާފައިވާ އިރު ކޭސްތައް އިތުރުވެދާނެ ކަމުގެ އިންޒާރު މާހިރުން އޮތީ ދީފަ އެވެ.