ސީޝެލްސް އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ އޮނޮރަރީ ކޮންސުލޭޓުގެ މަގާމުން އިނަ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގު ވަކިކުރަން ދިވެހި ސަރުކާރުން އެ ގައުމުގައި އެދެފި އެވެ.

މިކަމާ ގުޅިގެން އެކްސްގައި ފިރަގު ވިދާޅުވީ އެއީ މި ސަރުކާރުން ގޮތް ހުސްވެގެން ކުރި ކަމެއް ކަމަށެވެ.

"މިކަމުން ހަމައެކަނި ފެނިގެންދަނީ ސަރުކާރުގެ ތެރޭގައި އަމިއްލަ އިތުބާރު ނެތުން އެކަންޏެއް ނޫން. މިކަމުގެ ސަބަބުން ރާއްޖޭގެ ޑިޕްލޮމެޓިކް އިމޭޖް ހަޑިވެ އެހެން ގައުމުތަކުން ރާއްޖޭގައި އޮތް ޑިމޮކްރަސީގެ ސިފަތަކާއި ހަމަހަމަ ކަމާމެދު ސުވާލު އުފައްދާނެ،" ފިރާގު ވިދާޅުވި އެވެ.

ފިރާގު ވިދާޅުވީ އޮނަނަރީ ކޮންސިއުލޭޓުގެ މަގާމުގައި އޭނާ ހުންނަވަނިކޮށް ރާއްޖޭގައި ތިން ސަރުކާރަކުން ވެރިކަން ކޮށްފި ކަމަށެވެ. ނިމިދިޔަ އެމްޑީޕީގެ ސަރުކާރުދެކެ އޭނާ ގަޔާ ނުވިޔަސް، އެ ސަރުކާރުން އޭނާ ވަކިކުރަން އެއްވެސް ކަމެއް ކޮށްފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފިރާގަކީ ރައީސް މުހައްމަދު މުއިއްޒު ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ނަމަވެސް މި ސަރުކާރު ހިންގާ ގޮތް ކަމުނުދާތީ އޭނާ ގެންދަވަނީ ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ.