މިދިޔަ ހަފްތާ ބަންދުގެ ތެރޭގައި މުޅި ދުނިޔެ ސިއްސުވާލި އެއް ހަބަރަކީ ފްރާންސްގެ ވެރިރަށް ޕެރިސްގައި ހުންނަ ދާރުލްއާސާރެއް ކަމަށްވާ ލޮވްރޭ މިއުޒިއަމްގައި ހުރި އާސާރުތަކެއް ވަގަށް ނެގި ހަބަރެވެ.
ގާތްގަނޑަކަށް ހަތް ވަރަކަށް މިނެޓު ތެރޭގައި ކޮށް ނިންމާލި އެ ވައްކަމުގައި އެ ތަނުގައި ބަހައްޓާފައިހުރި އަގުބޮޑު ތާރީހީ އާސާރުތަކެއް ވަގަށް ނަގާފައިވާއިރު އެ ތަކެތީގެ އަގު 102 މިލިއަން ޑޮލަރަށް އަރާކަމަށް އިދާރާތަކުން ބުނެ އެވެ.
ލޮވްރޭ މިއުޒިއަމުން ވަގަށް ނެގި އާސާރުތަކުގެ ތެރޭގައި ކުރީގެ ރަނިން ބޭނުން ކުރެއްވެވި ތާޖުތަކާއި ގަހަނާތައް ވެސް ހިމެނެ އެވެ.
އެމްޕްރެސް އިއުޖީންގެ ތާޖުކޮޅު
1800ގެ ފަހުކޮޅު ސްޕެއިންގައި ރަނިކަން ކުރެއްވި އެމްޕްރެސް އިއުޖީންގެ ތާޖުކޮޅުގައި 212 ޕާލްސް، 1998 ޑައިމަންޑްސް އަދި 992 ރޯޒް ކަޓް ޑައިމަންޑްސް ހިމެނެ އެވެ.
އެމްޕްރެސް އިއުޖީންގެ ޖަރީ ޓައީކޮޅު
ބުނެވޭ ގޮތުގައި އެމްޕްރެސް އިއުޖީންގެ މި ޖަރީ ޓައީކޮޅަކީ 2436 ޑައިމަންޑްސްއާއި 196 ރޯޒް ކަޓް ޑައިމަންޑްސްއިން ޖަރީ ކުރެވިފައިވާ އަގުބޮޑު ޓައީކޮޅެކެވެ.
ނަޕޯލިއަންގެ ކައިވެނީގެ ހަދިޔާ
ފްރާންސްގެ އެމްޕެރާ ނަޕޯލިއަން އޭނާގެ ދެވަނަ އަނބިކަނބަލުން މެރީ ލުއީސްއަށް ކައިވެނީގެ ހަދިޔާއެއްގެ ގޮތުގައި ދިން މި ގަހަނާ ސެޓަކީ އެމެރަލްޑްސް އެކުލެވޭ އަގުބޮޑު ސެޓެކެވެ.
މީގެ އިތުރުން ވެސް އަގުބޮޑު އެހެން އާސާރުތަކެއް ގެއްލިފައިވާއިރު ކަމާބެހޭ ފަރާތްތަކުން އަންނަނީ މިމައްސަލައިގެ ތަހުގީގެއް ފަށައި އާސާރުތައް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
ފައިސާ ޗާޕު ކުރަނީ ހިންޏަށް ހަކުރު އޮޅުވާލާ އުސޫލުން
ޖޭއެސްސީގެ ނައިބު ރައީސް ކަމަށް ޔަޒްމީދު ހަމަޖައްސައިފި
ދިއްލީގެ ޖައްވު ރެކޯޑް މިންވަރަށް ނުސާފު ވެއްޖެ