ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނައިބު ރައީސްގެ މަގާމަށް ޔަޒްމީދު މުހައްމަދު ހަމަޖައްސައިފި އެވެ.
ޔަޒްމީދު ޖޭއެސްސީގެ ނައިބު ރައީސް ކަމަށް ހަމަޖެއްސީ ހައިކޯޓުގެ ފަނޑިޔާރު، މުހައްމަދު ނިޔާޒު އެ ކޮމިޝަނުގެ ނައިބު ރައީސް ކަމުން އިސްތިއުފާ ދެއްވުމުންނެވެ.
ޖޭއެސްސީން އިއްޔެ ބޭއްވި ޖަލްސާގައި ވަނީ އެ މަގާމަށް، ޔަޒްމީދު ހޮވައިފަ އެވެ. ޔަޒްމީދަކީ ޖޭއެސްސީގައި އިންނަވާ ރައީސުލްޖުމްހޫރިއްޔާގެ މެންބަރެވެ.
ޔަޒްމީދު ޖޭއެސްސީގެ މެމްބަރަކަށް އައްޔަންކުރެއްވީ ފެބުރުއަރީ 23، 2025 ގަ އެވެ.
އޭނާ އަކީ ނިމިދިޔަ މަޖިލިސް އިންތިހާބުގައި ޕީއެންސީގެ ޓިކެޓްގައި ވިލިނގިލި ދާއިރާއަށް ވާދަކުރައްވާފައިވާ ބޭފުޅެކެވެ.
ޖޭއެސްސީގެ ރައީސްގެ ގޮތުގައި މިހާރު ހުންނެވީ މާފުށީ ދާއިރާގެ ޕީއެންސީގެ މެމްބަރު، ހުސެއިން ރިޒާ އާދަމް އެވެ.