ކުޑައިރުއްސުރެ ލޯބިކުރާ އެނިމޭޓެޑް ފިލްމު ސީރީޒް "ޓޯއީ ސްޓޯރީ 5"އަށް ލަވައެއް ލިޔެދިނުމަކީ، އަމިއްލަ ދިރިއުޅުމުގެ ތަޖުރިބާތަކުގެ މައްޗަށް ލަވަ ލިޔުމާ ދުރަށް ޖެހިލައި، އާ ނަޒަރަކުން ލަވައެއް އުފެއްދުމަށް ލިބުނު ރަނގަޅު ފުރުސަތެއް ކަމަށް މަޝްހޫރު ޕޮޕް ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓް ބުނެފި އެވެ.
"ޓޯއި ސްޓޯރީ 5"ގެ މި ލަވަ "އައި ނިއު އިޓް، އައި ނިއު ޔޫ" އާއެކު އޮސްކާ އެވޯޑަށް ޓޭލާ ނޮމިނޭޓްވުމުގެ ދޮރު ވެސް މިހާރު ވަނީ ހުޅުވިފަ އެވެ.
ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން، އުމުރުން 36 އަހަރުގެ ސްވިފްޓް ބުނީ ތަފާތު ނަޒަރަކުން ލިޔަން ލިބުމަކީ އޭނާ ވަރަށް ގަޔާވާ ކަމެއް ކަމަށެވެ.
އެގޮތުން އަމިއްލަ ދިރިއުޅުމާ ބެހޭގޮތުން ލިޔުމާ ދުރަށް ޖެހިލައި ބްރޭކެއް ލިބުމަކީ އަބަދުވެސް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް އޭނާ ބުންޏެވެ.
'ޓޯއީ ސްޓޯރީ 5' ރިލީޒް ކުރުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން، މިދިޔަ ޖޫން މަހު ނެރުނު މި ކަންޓްރީ ޕޮޕް ލަވައިގައި އަލިއަޅުވާލާފައިވަނީ އެކުވެރިކަމާއި، މާޒީގެ ހަނދާންތަކާއި، އަދި އަލުން ބައްދަލުވުމުގެ ޝުއޫރުތަކަށެވެ.
މި ލަވައަށް ވަނީ ގްރެމީ އެވޯޑްސްގެ ދެ ކެޓެގަރީއަކުން ނޮމިނޭޝަން ލިބިފަ އެވެ. އޭގެ ތެރޭގައި ސްވިފްޓް އަށް މިހާތަނަށް ކާމިޔާބު ކުރެވިފައިނުވާ އެންމެ ޝަރަފުވެރި އެއް އެވޯޑު ކަމަށްވާ "ސޯންގް އޮފް ދަ އިޔާ" ވެސް ހިމެނެ އެވެ.
މީގެ އިތުރުން އޮސްކާ އެވޯޑްސްގެ "ބެސްޓް އޮރިޖިނަލް ސޯންގް" ކެޓަގަރީގައި ވެސް މި ލަވަ ވާދަކުރާނެ ކަމަށް ބެލެވޭއިރު، މި ހަފްތާގައި ބޭއްވި ކަންޓްރީ މިއުޒިކް އެވޯޑްސްގެ "ސިންގަލް އޮފް ދަ އިޔާ" އެވޯޑު މި ލަވައަށް ގެއްލުނީ އެލާ ލެންގްލީގެ 'ޗޫޒިން ޓެކްސަސް' އާ ވާދަކޮށްގެންނެވެ.
ސްވިފްޓް އާއެކު ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ޖެކް އެންޓޮނޮފް ގުޅިގެން ލިޔެފައިވާ މި ލަވަ ބިނާ ކޮށްފައިވަނީ ފިލްމުގެ ކައުގާލް ކެރެކްޓާ "ޖެސީ"ގެ މައްޗަށެވެ. "ޓޯއީ ސްޓޯރީ 5"ގައި ޒަމާނީ ޓެބްލެޓެއް ގެއަށް އައުމާއެކު، ކުޅޭތަކެތީގެ ބޭނުން ކެނޑިދާނެ ކަމުގެ ބިރު ޖެސީ އާއި އެހެން ކުޅޭތަކެއްޗަށް ކުރިމަތިވެ އެވެ.
އަންނަ ފެބްރުއަރީ މަހު ބާއްވާ ގްރެމީ އެވޯޑްސްގެ "އަލްބަމް އޮފް ދަ އިޔާ" ކެޓަގަރީގައި ސްވިފްޓްގެ "ދަ ލައިފް އޮފް އަ ޝޯގާލް" އާއި "ޓޯއި ސްޓޯރީ 5" ވާދަކުރާނެ އެވެ.
ބޮކްސްއޮފީހުގައި ސަލްމާންއާއި ޝްރައްދާގެ ކުރިމަތިލުމެއް!
ސައިފްއަށް މަރުގެ އިންޒާރެއް، ފުލުހުންގެ ތަހުގީގު ކުރިއަށް!
އަންނަ އަހަރު ބަޖެޓުން ފައިސާ ލިބޭނީ ޕީއެންސީއާއި އެމްޑީޕީއަށް