ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގެ އިންޓެންސިވް ކެއާ ޔުނިޓް (އައިސީޔޫ) ގެ ސީލިންގު ފީވެގެން އިއްޔެ ވެއްޓިއްޖެ އެވެ.

މި ހާދިސާ ހިނގި ވަގުތު އައިސީޔޫގައި ބަލިމީހަކު އޮތް ނަމަވެސް، އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.

ސީލިންގުގެ ބައިތައް ވެއްޓުނީ އައިސީޔޫގައި ބަލިމީހުން ބާއްވާ އެނދެއްގެ މައްޗަށެވެ. އަދި މި ހާދިސާ ހިނގި ވަގުތު ވެސް އެ ޔުނިޓުގައި ބަލިމީހަކު ފަރުވާ ހޯދަމުން ދިޔަ ކަމަށް މުވައްޒަފަކު ކިޔައިދިނެވެ.

މީގެ އިތުރުން އެ މުވައްޒަފު ކިޔައިދިން ގޮތުގައި، ގަމު ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫ ސީލިންގުން ފެން ލީކުވާ މައްސަލަ ދިމާވެފައިވާތާ މިހާރު ވަނީ އަހަރަކަށްވުރެ ގިނަ ދުވަސް ވެފަ އެވެ.