މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް މައީޝާގެ ދަރިއަކު ނެތީސް، އޭނާގެ ދަރިފުޅު އަތުލުމަށް ކަމަށް ބުނެ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން އޭނާގެ ގެއަށް ދިޔަ މައްސަލައެއް ފެންމަތިވެއްޖެ އެވެ.
މައީޝާ ވަނީ އެކަން ހިނގައިދިޔަގޮތް އެކްސްގައި ހިއްސާކޮށްފަ އެވެ. އޭނާ ބުނީ ޖެންޑާ މިނިސްޓްރީން އޭނާއަށް ގުޅުމުގެ ބަދަލުގައި ގުޅީ އޭނާގެ ދައްތައަށެވެ.
މިނިސްޓްރީއަށް އެ ރިޕޯޓް ކުރީ ކާކުކަން ނޭނގޭ މީހެކެވެ. އެ މީހާ ކުރި ރިޕޯޓްގައި ވަނީ މައިޝާގެ ދެ އަހަރުގެ ދަރިފުޅު ބެލުމުގައި އިހްމާލުވަމުން އަންނަ ކަމަށެވެ.
"މިއީ ވަރަށް ސީރިއަސް ތުހުމަތުތަކެއް. އަހަރެންގެ ދަރިއަކު ނުހުރޭ،" އޭނާ ބުންޏެވެ.
މިކަމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ މިނިސްޓްރީއަށް ފާޑުކިޔަމުންނެވެ. އެގޮތުން ދިވެހި ކޮންމެ ރައްޔިތެއްގެ ހުންނަނީ ކިތައް ދަރިން ކަމާއި ދަރިއަކު ނުހުންނަނީ ކޮން ބައެއްގެ ކަމާއި އަދި އެކަމާ ގުޅޭ އެންމެހައި މައުލޫމާތު ބެލެން މިނިސްޓްރީގައި ނުހުންނަ ނަމަ އެފަދަ މިނިސްޓްރީއަކުން ޒިންމާ އަދާކުރާނީ ކިހިނެތްތޯ ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.
ތުނބުޅި ނުފަޅައިގެން އުޅޭ މީހުންނަށް އެހީއެއް!
ތަފާތު ކަސްރަތުތަކުން ހަށިގަނޑަށް ލިބޭ ފައިދާތައް ތަފާތު!
ހީނާ އާއި ނަޖާހު ދިން ވަގުތު ފަހަނައަޅައިފި، ފެނެއް ނުލިބޭ!

ގައުމުގެ ހާލަތު. އަޅެ މި ސަރުކާރުގައި ތަނެއް ދޮރެއް އެގޭ މީހަކު ހަމަ ނެތީބާ؟ ވެެރިމީހާ ވެސް ހަމަ ސުވާލެއް ކޮށްލާއިރަށް ބުނަނީ ނޭގޭ. ބަލާލަންށޭ ޖެހޭނީ. މުޅި ގައުމުވެސް މިހާލަތުގައި.