ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މިއަދު ރާއްޖެ ވަޑައިގެންފި އެވެ.
އިންފަންޓީނޯއަށް މަރުހަބާ ދެންނެވީ އެފްއޭއެމްގެ ރައީސް އަހްމަދު ތޯރިގާއި، ޓޫރިޒަމް މިނިސްޓަރު ތާރިގް އިބްރާހިމްގެ އިތުރުން ކޮމިޝަނާ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލެވެ.
އިންފަންޓީނޯއަށް މަރުހަބާ ދެންނެވުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ގައުމީ ފުޓްބޯޅަ ޓީމުގެ އިތުރުން ދާއިރާގެ އިސް ބައެއް ފަރާތްތަކުން ވަނީ ބައިވެރިވެފަ އެވެ.
ރާއްޖޭގެ ފުޓުބޯޅަ އަލުން ކުރިއެރުވުމަށް އެފްއޭއެމުން ކުރާ މަސައްކަތަށް ހިތްވަރު ދިނުމުގެ ގޮތުން އިންފަންޓީނޯ އެއް ދުވަހަށް ކުރައްވާ މި ދަތުރުފުޅުގައި މިއަދުގެ ވަގުތެއްގައި ރައީސް އޮފީހުގައި ރައީސް މުހައްމަދު މުއިއްޒުއާ ބައްދަލުކުރައްވާ މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
މީގެ އިތުރުން މިއަދު ގަލޮޅު ދަނޑުގައި ކުރިއަށްގެންދާ އެގްޒިބިޝަނެއްގައި ރައީސް މުއިއްޒުގެ ޓީމަކާއި އިންފަންޓީނޯގެ ޓީމެއްގެ މެދުގައި ފުޓްބޯޅަ މެޗެއް ކުޅުމަށްވެސް ވަނީ ނިންމާފަ އެވެ. އެ މެޗުގައި ދުނިޔޭގެ ފުޓްބޯޅައިގެ ލެޖެންޑުންގެ އިތުރުން ދިވެހި ކުޅުންތެރިންވެސް ފެނިގެންދާނެ އެވެ.
ޔޯގާ ސްޓޫޑިއޯ ހުޅުވުމުން އިހުސާންއާއި މަރިޔާއާ ސުވާލުކުރަނީ
ޖޭއެސްސީގެ ނައިބު ރައީސް ކަމަށް ޔަޒްމީދު ހަމަޖައްސައިފި
"ލޯވްރޭ މިއުޒިއަމް"އިން ވަގަށް ނެގި ޖަވާހިރުތަކަށް ނަޒަރެއް!