ސައޫދީ އަރަބިއާގެ ހުޅަނގު ދެކުނުގެ ރަށެއް ކަމަށްވާ ނަޖްރާންއަކީ އެ ގައުމުގެ ތާރީޚާއި ސަގާފަތުގެ ކުލަތައް ދިމާއަށް ފެންނަ ހުންނަ ރަށެކެވެ. އެގޮތުގެ އެރަށުގެ ބީރު ހިމާ އެވެ ކިޔުނު ސަރަހައްދަކީ ހިލައިގައި ކަނޑާނެގުމުގެ ކުޅަދާނަ ހުނަރު ފެންނަ ސަރަހައްދެކެވެ.
ބީރް ހިމާ ނުވަތަ ހިމާ ވަޅަކީ ނަޖްރާން ޝަހަރުގެ 130 ކިލޯމީޓަރު އުތުރުން އޮންނަ ތާރީޚީ ސަރަހައްދެކެވެ. މިވަޅުތަކުގެ ތާރީޚު އީސާގެފާނު ދުނިޔެއަށް ވަޑައިގަތުމުގެ 1،000 އަހަރު ކުރިއަށް އޮވެ އެވެ.
އެ ސަރަހައްދުން ފެންނަ ކަނޑާނެގުންތަކުގައި ތަފާތު ކުރެހުންތަކާއި ވާހަކަތަކުގެ ދޭހަ ހިމެނޭއިރު މީގެ ތެރެއިންވެސް ޖަމަލެއް ސިފަވާ ގޮތަށް ހިލައެއްގައި ކަނޑާނަގާފައިވާ ކުރެހުމަކީ ފާހަގަކޮށްލެވޭ ކުރެހުމެކެވެ.
ޔުނެސްކޯ ދުނިޔޭގެ ތަރިކަ ޖަމިއްޔާއިން 2015 ވަނަ އަހަރު ސައޫދީ އަރަބިއާގެ ހިލަ ކުރެހުންތައް ދުނިޔޭގެ ތަރިކައިގެ ލިސްޓަށް އިތުރު ކޮށްފައިވާއިރު އެ ކުރެހުންތަކަކީ އިހުޒަމާނުގެ އިންސާނުންގެ ހުނަރާއި ގާބިލިއްޔަތުކަން އަންގައިދޭ ކުރެހުންތަކެއް ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.
ރިޕޯޓުތައް ބުނާ ގޮތުން މިއަދާ ހަމައަށް ވެސް ހިމާގެ ވަޅުތަކުގައި ސާފު ރީތި ފެން ދައުރުވެ އެވެ. -- އަލް އަރަބިއްޔާ
ޔުނިސެފުން ރާއްޖެއަށް 28،000 އެމްއާރް ވެކްސިން ހަދިޔާކޮށްފި
ރާއްޖޭގައި ތަކެތީގެ އަގުތައް އިތުރަށް އުފުލޭނެ: އޭޑީބީ
ފިލްމުތައް ހިޓްވީ ބައްޕަގެ ނުފޫޒުން ކަމަށް ބުނި: ރިތޭޝް