ރާއްޖޭގައި މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާ އެންމެ ބޮޑު އޮޕަރޭޝަން ފެށިގެން ކުރިޔަށް ދާއިރު، މިހާތަނަށް 97 މީހަކު ހައްޔަރުކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މަސްތުވާތަކެތީގެ ވިޔަފާރީގައި ބައިވެރިވާ ފަރާތްތަކާ ދެކޮޅަށް ޙާއްސަ އޮޕަރޭޝަނެއް ހިންގުމަށް ރައީސް މުހައްމަދު މުއިއްޒު އެންގެވުމުން ފުލުހުން ވަނީ "އޮޕަރޭޝަން އަލިމަގު" ނަމުގައި މުޅި ރާއްޖޭގައި ބޮޑު އޮޕަރޭޝަނެއް ފަަށާފަ އެވެ.
އެ އޮޕަރޭޝަނުގެ ތަފްސީލުތައް ހާމަކުރަމުން ފުލުހުން ބުނީ އެ އޮޕަރޭޝަންގައި މިހާތަނަށް 97 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި 87 ތަނެއް ބަލާ ފާސްކޮށްފައިވާ ކަމަށެވެ. އަދި ގިނަ އަދަދެއްގެ މަސްތުވާތަކެތި ވެސް އަތުލައިގެންފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މީގެ އިތުރުން ގިނަ އަދަދެއްގެ ފައިސާ ވެސް ހޯދާފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ. އެ ތަކެތީގެ ބައެއް ފޮޓޯތައް ވެސް ވަނީ އާންމުކޮށްފަ އެވެ. ނަމަވެެސް ޖުމްލަ ތަފްސީލެއް ފުލުހުން ނުދެ އެވެ.
ފުލުހުން ބުނީ، މިއަދު ޚާއްސަ އޮޕަރޭޝަން ހިންގަނީ އިންޓެލިޖެންސް މައުލޫމާތަށް ބިނާކޮށް މުޅި ރާއްޖެ ހިމެނޭ ގޮތަށް ކަމަށެވެ.
މި އޮޕަރޭޝަން ފަށައިފައިވަނީ މިއަދު ހެނދުނު 5:30ގަ އެވެ. އަދި 500 އަށްވުރެ ގިނަ ފުލުހުން ބައިވެރިވާ މި އޮޕަރޭޝަނުގައި ސްޕެޝަލައިޒްޑް ޑިޕާޓްމަންޓްތަކާއި ރީޖަންތަކުން ވިލަރެސް ކުރެވިގެން އެކުލަވާލެވިފައިވާ ޓީމުތަކުން މުޅި ރާއްޖޭގެ 100 އަށްވުރެ ގިނަ ތަންތަނުގައި އެއްވަގުތެއްގައި ތަންތަން ބަލައި ފާސްކުރުމާއި ގާނޫނު ތަންފީޒުކުރުމުގެ އަމަލީ މަސައްކަތްތަކެއް ކުރިޔަށްގެންދާނެ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ މި އޮޕަރޭޝަން ފެށުމުގެ ކުރީން ރައީސް މުޙައްމަދު މުއިއްޒު ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރައްވާފަ އެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ދިވެހިރާއްޖެއަކީ ޑްރަގްގެ ވަބާއިން އެއްކޮށް ސަލާމަތްވެފައިވާ ގައުމަކަށް ހެދުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
މެސީ ރޮނާލްޑޯގެ ރެކޯޑެއް ވަގަށް ނަގައިފި
ގާނޫނީ އިމްތިހާނުން ފެއިލްވުމުން ކިމް ރުޅިގަދަ ވެއްޖެ