ހައިކޯޓް ވަގުތީގޮތުން ހިންގުން އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާއާ ހަވާލުކޮށްފި އެވެ.
ހައިކޯޓްގެ އިސް ފަނޑިޔާރު ކަމުގެ މަގާމް ހުސްވީ އެ މަގާމުގައި ހުންނެވި ހުސައިން ޝަހީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމުންނެވެ. އޭގެފަހުން ހައިކޯޓުގެ ހިންގުން ހަވާލުކުރީ ފަނޑިޔާރު މުހައްމަދު ފައިސަލްއާ އެވެ.
ފައިސަލް އެ ކޯޓުގެ އިސް ފަނޑިޔާރު ކަމަށް ހަމަޖައްސަން ވެސް ޖޭއެސްސީން ނިންމި އެވެ. ނަމަވެސް އޭނައާ މަގާމް ހަވާލެއް ނުކުރެ އެވެ.
ޖޭއެސްސީން ބުނީ މިއަދު ބޭއްވި އެ ކޮމިޝަނުގެ ޖަލްސާގައި އެ ކޯޓުގެ ހިންގުން ޖަމީލާ ހަވާލުކުރަން ނިންމާފައިވާ ކަމަށެވެ.
ޖަމީލް ވަނީ މީގެކުރިން ލ. މާވަށު ކޯޓުގެ މެޖިސްޓްރޭޓް ކަމާއި ސިވިލް ކޯޓުގެ ގާޒީކަން ކުރައްވާފަ އެވެ.
އދ އަށް ހުށަހެޅި ކަނޑުއޮޅީގެ ގަރާރު ރާއްޖެއިން ކޯސްޕޮންސާކޮށްފި
ތަފާތު ފަންނީ ކަންކަމުގައި އުޅޭނަމަ "މުސްކުޅިވުން" ލަސްވޭ: ދިރާސާ
މޫނުން ނަފްސާނީ ސިއްހަތު ދެނެގަނެވިދާނެތަ؟
