ޖަޕާނު ސަރުކާރުގެ ފަރާތުން ރާއްޖޭގެ ބައިނަލްއަގުވާމީ ބަނދަރުތައް ބެލެހެއްޓުމަށް ބޭނުންވާ ޕެޓްރޯލް ބޯޓެއް ހަދިޔާކޮށްފި އެވެ.
ދިގުމިނުގައި 82 ފޫޓު ހުންނަ މި އުޅަނދު ހަދިޔާ ކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދިނީ ހޯމް މިނިސްޓަރު އަލީ އިހުސާން އެވެ.
އުޅަނދު ހަވާލުކޮށްދިނީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމީކޯ އެވެ.
މި ރަސްމިއްޔާތަށް ފަހު ރަސްމިއްޔާތުގައި ބައިވެރިވި ބޭފުޅުން ވަނީ އެ އުޅަނދު ބައްލަވާލައްވާފައެވެ.
ރާއްޖޭގެ ބަނދަރުތައް ބެލެހެއްޓުން ހަރުދަނާކުރުމަށާއި ސަރވެއިލެންސްގެ މަސައްކަތަށް، ޖަޕާން ސަރުކާރުގެ "އިކޮނޮމިކް ކޯޕަރޭޝަން ގްރާންޓް އެކްޓް" ގެ ދަށުން ހަދިޔާކުރި އުޅަނދެކެވެ.
މި އުޅަނދު އޮޕަރޭޓް ކުރާނީ އެމްއެންޑީއެފް ކޯސްޓްގާޑާއި ކަސްޓަމްސް ގުޅިގެންނެވެ. މި އުޅަނދުގެ އޮޕަރޭޓްކުރުމަށް ބޭނުންވާ ތަމްރީންތައް ޖަޕާނާއި ރާއްޖޭގައި ވަނީ ހިންގާފަ އެވެ. މި ތަމްރީން ޕްރޮގްރާމްތަކުގައި ކަސްޓަމްސްގެ 23 އޮފިސަރަކު ބައިވެރިވެފައި ވެ އެވެ.

އެމްޑީޕީން އަނެއްކާ ވެސް ބޮޑު އެއްވުމެއް މާޗު 21 ގައި
އެޕްސްޓީން ފައިލްގައި ޓްރަމްޕާ ގުޅުންހުރި ފައިލްތައް ނައްތާލައިފި
އޮޅުހިޔާ މަރާމާތު ކުރާނެ ބަޔަކު ހޯދަން އަލުން އިއުލާނުކޮށްފި
