ގިނަ ބަޔަކު އިންތިޒާރުކުރާ ހޮލީވުޑްގެ އެންމެ ޝަރަފުވެރި އެއް އެވޯޑް ކަމަށްވާ ގޯލްޑަން ގްލޯބް އެވޯޑްސްގެ މިއަހަރުގެ އެޑިޝަންއަށް ވާދަކުރާ ފަރާތްތަކުގެ ނޮމިނޭޝަންތައް އިއުލާން ކޮށްފި އެވެ.
މިދިޔަ ހޯމަ ދުވަހު އިއުލާންކުރި އެ ނޮމިނޭޝަންތަކުގައި އެންމެ ގިނަ ނޮމިނޭޝަންތަކާއެކު ކުރީގައި އުޅެނީ ޑިއޮނާޑޯ ޑިކެޕްރިއޯގެ "ވަން ބެޓަލް އާފްޓާ އަނަދާ" އެވެ.
އެގޮތުން އެ ފިލްމު ތަފާތު ނުވަ ކެޓަގަރީއަކުން ނޮމިނޭޓް ވެފައިވާއިރު އޭގެ ތެރޭގައި ގިނައިން ހިމެނެނީ އެކްޓިން އެވޯޑުތައް ކަން ފާހަގަ ކޮށްލެވެ އެވެ.
"ވަން ބެޓަލް އާފްޓާ އަނަދާ"އަށްފަހު ލިސްޓުގެ ދެވަނައިގައި އުޅެނީ " ދަ ވައިޓް ލޮޓަސް" އެވެ. އެ ފިލްމަށް ޖުމްލަ ހަ ނޮމިނޭޝަން ލިބިފައިވެ އެވެ.
ޖެނުއަރީ މަހުގެ 11 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ އެ ހަފްލާގެ ހޮސްޓެއްގެ ގޮތުގައި ފެނިގެންދާނީ ނިއްކީ ގްލޭޒާ އެވެ. އޭނާއަކީ މީގެ ކުރިން ވެސް އެ ހަފްލާ ހުށައަޅައިދިން ތަރި އެކެވެ.
ސީބީއެސްއިންނާއި ޕެރެމައުންޓުން އެ ހަފްލާ ވަގުތުން ފޮނުވާއިރު ހާއްސަ އެވޯޑުތައް ލިބޭ ތަރިންގެ ތެރޭގައި ހެލެން މިރެންއާއި ޖެސިކާ ޕާކާ ހިމެނެ އެވެ.
ބައްސާމް ހިމެނޭހެން ޓެކްސް ނުދައްކާ 33 ފަރާތެއް ހާމަކޮށްފި
ރަންވީރާއި ދީޕިކާއަށް މިފަހަރު ވެސް ލިބުނީ އަންހެން ކުއްޖެއް!
އަދި އެއް އެޕިސޯޑު؟ ދަންވަރު "ބިންޖް ވޮޗް" ކުރުމުގެ ނުރައްކާތައް!