މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހިންގާ ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުތައް ބެލެހެއްޓުމުގެ ޒިންމާ ވެސް ހަވާލުކޮށް، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް (އޭވްސްކޮމް) ގެ ނަން އޭވިއޭޝަން އެންޑް ޕޯޓްސް ސެކިއުރިޓީ ކޮމާންޑުގެ ނަމަށް މިއަދު ބަދަލުކޮށްފި އެވެ.
އެމްޕީއެލްގެ ދަށުން ހިންގަނީ ރާއްޖޭގެ މައި ޕޯޓު، މާލޭ ކޮމާޝަލް ހާބަރާއި ހުޅުމާލެ ޕޯޓާއި ހދ. ކުޅުދުއްފުށި ޕޯޓު އަދި އައްޑޫ ހިތަދޫ ޕޯޓެވެ. މިހާތަނަށް އެ ތަންތަނުގެ ސަލާމަތީ ކަންކަން ބަލަހައްޓަމުން އައީ ސީދާ އެމްޕީއެލުންނެވެ. ނަމަވެސް މި ބަދަލާއެކު ދެން އެތަންތަނުގެ ސެކިޔުރިޓީ ބަލަހައްޓާނީ އެ މުއައްސަސާއިންނެވެ.
ރައީސް އޮފީހުން މިއަދު ބުނީ، ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގާ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑާ ކަނޑު ބަނދަރުތައް ވެސް ހަވާލުކުރައްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ މަދަނީ ވައިގެ ދަތުރުފަތުރުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ނިޒާމު ގާއިމްކޮށްފައިވާ ގޮތަށް ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ މަސައްކަތްތައް ސަރުކާރުގެ ހާއްސަ އިދާރާއަކުން ކުރާގޮތަށް ހަމަޖެއްސުމުގެ ބޭނުމުގައި ކަމަށެވެ.
މި ބަދަލު ގެނައީ ހުޅުމާލޭގެ ވިޔަފާރި ބަނދަރުގައި ހުރި ސިނގިރޭޓް ކޮންޓެއިނާތަކެއް ވަގަށް ނެގި މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ.
ދެފައި މައްޗަށް ތެދުވެވޭނެ ކަމުގެ އުއްމީދު ގެއްލުނު: ރާހުލް
ގަވާއިދާ ހިލާފަށް ޔުނިފޯމް އެލަވަންސް ދިން މައްސަލައެއް
އެސްއޯއީތަކުން 6،000 އަށްވުރެ ގިނަ މުވައްޒަފުން ވަކިކުރަނީ
