އެމެރިކާގެ ނިއުޔޯކް ސިޓީގެ ފުރަތަމަ މުސްލިމު މޭޔަރު އަދި ފަހުގެ ތާރީހެއްގައި އެ މަގާމަށް އިންތިހާބު ވެވަޑައިގެންނެވި އެންމެ ޒުވާން މޭޔަރުގެ ޝަރަފާއެކު ޒޮހްރާން މަމްދާނީ ޚަތިމުގައި އަތްލައި މަގާމުގެ ހުވާކުރައްވައިފި އެވެ.
34 އަހަރުގެ މަމްދާނީ ހުވާކުރައްވާފައި ވަނީ ބުރާސްފަތި ދުވަހުގެ މެންދަމުގެ ވަގުތުގައި މެންހަޓަންގެ ކުރީގެ ސަބްވޭ ސްޓޭޝަންއެއްގަ އެވެ. އޭނާ ހުވާކުރެއްވި އިރު ހުންނެވީ ހަތިމުގައި އަތްލައިގެނެވެ. ހަތިމު ހިފަހައްޓައިގެން ހުންނެވީ މަމްދާނީގެ އަނބިކަނބަލުންނެވެ. ހުވާ ލައިދެއްވީ ނިއުޔޯކްގެ އެޓާނީ ޖެނެރަލް ލެޓީޝިއާ ޖޭމްސް އެވެ. މިއީ އެމެރިކާގެ ތާރީހުގައި ވެސް މޭޔަރަކު ޚަތިމުގައި އަތްލައި ހުވާކުރި ފުރަތަމަ ފަހަރެވެ.
މަގާމާއި ހަވާލުވެވަޑައިގެން މޭޔަރުކަމުގެ ޒިންމާ ފެއްޓެވުމާއެކު މަމްދާނީ ވިދާޅުވީ، މިއީ އޭނާގެ މުޅި ހަޔާތުގައި ވެސް ލިބިވަޑައިގެންނެވި އެންމެ ބޮޑު ޝަރަފާއި އިއްޒަތް ކަމަށެވެ.
މަމްދާނީގެ ދެވަނަ ހުވާކުރެއްވުމުގެ ރަސްމިއްޔާތު މިއަދު މެންދުރުފަހު 1:00 ގައި ސިޓީ ހޯލްގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން މިއަދު ބްރޯޑްވޭގެ "ކެންޔަން އޮފް ހީރޯސް" ސަރަހައްދުގައި އާންމުންނަށް ހުޅުވާލައިގެން ބާއްވާ ބޮޑު ހަރަކާތެއް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.
މަމްދާނީގެ ކެމްޕެއިން ހާއްސަ ކުރެއްވީ ނިއު ޔޯކް ސިޓީގައި ދިރިއުޅުމުގެ ހަރަދުތައް ކުޑަކުރުމުގެ މައްޗަށެވެ. ހިލޭ ޔުނިވާސަލް ޗައިލްޑް ކެއާ ދިނުމާއި، ސިޓީގެ ފަރާތުން ހިންގާ ގްރޯސަރީ ފިހާރަތައް ހުޅުވުމާއި، ބަހުގެ ހިދުމަތް ހިލޭ ލިބޭ ގޮތް ހެދުމާއި، ކުލި ކޮންޓްރޯލްކުރުން އޭނާގެ ވައުދުތަކުގެ ތެރޭގައި ހިމެނެ އެވެ
މަމްދާނީ އަކީ ޕްރޮފެސަރެއް ކަމަށްވާ މަހްމޫދު މަމްދާނީ އާއި ފިލްމު އުފައްދާ މީހެއް ކަމަށްވާ މީރާ ނައިރްގެ ދަރިއެކެވެ. މަމްދާނީގެ ބައްޕަ އަކީ ޔުގެންޑާއަށް އުފަން އިންޑިއާ ދަރިކޮޅުގެ މީހެކެވެ. އޭނާގެ އާއިލާ ނިއުޔޯކަށް ބަދަލުވީ އޭނާގެ އުމުރުން 7 އަހަރުގަ އެވެ. މަމްދާނީ އެމެރިކާގެ ރައްޔިތަކަށްވީ 2018 ވަނަ އަހަރު އެވެ.
މި އަހަރު އިތުރު ކުރިއެރުމާއި ކާމިޔާބީ ހާސިލުކުރާނެ: ރައީސް
ދެކުނުގެ ބޮޑު ބަޔަކަށް މިއަދު މޫސުން ގޯސް
މަންޑޭ 397 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި