ދުނިޔޭގެ ތާރީހުގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އާ އަހަރުގެ އެއްވުމާއެކު ބްރެޒިލްގެ އެންމެ ބޮޑު އެއް ސިޓީ ކަމަށްވާ ރިއޯއިން ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދައިފި އެވެ.
ހަބަރުތައް ބުނާ ގޮތުގައި އާ އަހަރު ފާހަގަ ކުރަން ރިއޯގެ ކޮޕަކަބާނާ ބީޗުގައި ބޭއްވި ހަރަކާތަށް ގާތްގަނޑަކަށް 2.5 މިލިއަން މީހުން އެއްވެފައިވެ އެވެ.
އެ ހަރަކާތަށްފަހު ޖެހިގެން އައި ދުވަހު ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި ދުނިޔޭގެ ރެކޯޑު ފޮތް ބަލަހައްޓާ އިދާރާއިން ވަނީ ރިއޯގެ އިދާރާތަކަށް ސެޓްފިކެޓް ހަވާލުކޮށްފަ އެވެ.
މި ރެކޯޑް ރިއޯއަށް ދިނުމުގައި އެތަނަށް އެއްވި މީހުންގެ އަދަދުގެ އިތުރުން ވެސް ހަރަކާތްތަކުގެ ކުލަގަދަކަމާއި ކުޑަބޮޑު މިނަށް ބަލާފައިވެ އެވެ.
އެގޮތުން އެ ރެކޯޑުގައި ފާހަގަކޮށްފައިވާ 2.5 މިލިއަން މީހުންގެ ތެރޭގައި ހިމެނެނީ ހަމައެކަނި ކޮޕާކަބާނާ ބީޗަށް އެއްވި މީހުން ކަމަށާއި ރިއޯގެ އެހެން ސަރަހައްދުތަކަށް ވެސް ގިނަ ބަޔަކު އެއްވި ކަމަށް އޮފިޝަލުން ފާހަގަކުރި އެވެ.
އާ އަހަރު ފާހަގަ ކުރުމުގެ ގޮތުން ކޮޕާކަބާނާ ބީޗުގައި ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ މެންދުރުން ފެށިގެން އެރޭ 12 ޖެހުމާ ހަމައަށް ކުލަގަަދަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެ އެވެ.
ހަގު އުމުރުގައި ކައިވެނި ނުކުރަން މަލައިކާ އިލްތިމާސް ކޮށްފި
އިސްލާމީ މަރުކަޒުގެ އާބާތުރަ ފިލުވުން މައުމޫން ފައުޑޭޝަނަށް
ވާއިޒު މުރުޝިކްގެ މަގާމަށް ޝައިޚް މުހައްމަދު އިބްރާހީމް