ހޮލީވުޑްގެ މަޝްހޫރު ތަރިއެއް ކަމަށްވާ ބްރޭޑްލީ ކޫޕާ ޕްލާސްޓިކް ސާޖަރީ ހެދި ކަމަށް ދެކެވޭ ވާހަކަތައް މި ފަހަކަށް އައިސް މީޑިއާގައި ވަނީ އަޑުގަދަވެފަ އެވެ.
މި ހަބަރުތަކުގެ އަޑުތައް ގަދަވެ އެންމެ ފަހުން ބްރޭޑްލީ މިވަނީ އެކަމަށް ރައްދު ވެސް ދީފަ އެވެ. ދާދި ފަހުން ދިން ޕޮޑްކާސްޓް އިންޓަވިއުއެއްގައި ބްރޭޑްލީ ބުނީ އޭނާ ދުވަހަކު ވެސް ޕްލާސްޓިކް ސާޖަރީ ނުހަދާ ކަމަށެވެ.
ބްރޭޑްލީ ބުނީ އޭނާގެ ސިފައާ ބެހޭގޮތުން އިންޓަނެޓުގައި ތަފާތު ވާހަކަތައް ދެކެވެމުން އަންނަކަން އެނގޭ ކަމަށާއި ފަހަކަށް އައިސް އޭނާގެ ބުރުސޫރުއަށް ލިބޭ ތައުރީފު ވެސް އިތުރުވެފައިވާ ކަމަށެވެ.
އެހެން ނަމަވެސް ބުރުސޫރަ ބަދަލު ކުރުމުގެ ބޭނުމުގައި އެއްވެސް އިރެއްގައި ސާޖަރީ ހަދާފައި ނުވާނެ ކަމަށް ބްރޭޑްލީ އެ އިންޓަވިއުގައި ބުނެފައިވެ އެވެ.
މިހާރު އުމުރުން 51 އަހަރުގެ ބްރޭޑްލީ ޕްލާސްޓިކް ސާޖަރީ ހެދި ކަމަށް އަޑުތައް ފެތުރެން ފެށީ އިންޓަނެޓުގައި އޭނާގެ އެހާރާއި މިހާރުގެ ފޮޓޯތަކެއް ދައުރުވާން ފެށުމުންނެވެ.
އެ ފޮޓޯތަކުން އޭނާގެ ސިފައަށް ކޮންމެވެސް ވަރެއްގެ ބަދަލެއް އައިސްފައިވާކަން ފާހަގަ ކުރެވޭއިރު އެއީ އުމުރާއެކު އަންނަ ބަދަލުތައް ކަމަށް ބައެއް މީހުން ބުނެ އެވެ.
ތަފާތު އަދި ޒަމާނީ ހެދުން އަލަމާރިއަކަށް "ކެޕްސޫލް ވޯޑްރޯބް"!
އަކްޝޭ ކެނެޑާގެ ރައްޔިތުކަން ހޯދީ ކީއްވެ؟
އިންތިޚާބާ ދިމާކޮށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ކުރޭ