މަސްވެރިންގެ ހައްގުތައް ހޯދުމަށް ވަކާލާތު ކުރި ގއ. ވިލިނގިލީ، ޕިންކްރޯސް އަލީ ރަޝީދު (މަސްވެރި އަލިބެ) އަށް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް މިރޭ ނިޔާވެއްޖެ އެވެ.
ވިލިނގިލިން ވާހަކަދެއްކި މީހަކު ބުނީ، މަޝްހޫރު މަސްވެރި އަލިބެ ނިޔާވީ ސްޓްރޯކެއް ޖެހިގެން ހާލު ދެރަވެގެން އިތުރު ފަރުވާއަށް އިންޑިއާއަށް ގެންގޮސް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް މިރޭގެ ވަގުތެއްގައި ކަމަށެވެ.
ސިއްހީ ހާލަތު ހުރިގޮތުން މިދިޔަ މާޗް މަހުގެ ތެރޭގައި އަލިބެ ވަނީ މަސްވެރިކަމުން ރިޓަޔާކޮށްފަ އެވެ. އަދި މާޗް މަހު އޭނާ ވަނީ އާރްޑީސީގެ ވަޒީފާއާ ގުޅިފަ އެވެ.
އަލިބެ ވަނީ މަސްވެރިކަމުގައި 12 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކޮށްފަ އެވެ.
މި ސަރުކާރު ގެނައުމަށް ވިލިނގިލީގައި ކެމްޕޭން ކުރުމަށްފަހު މަސްވެރިންނާ މެދު ގެންގުޅޭ ސިޔާސަތުތަކާ މެދު ހިތްހަމަނުޖެހިގެން އަލިބެ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ކިޔާފައިވެ އެވެ. ނަމަވެސް ފަހުން އަލިބެގެ ވިސްނުން ބަދަލުވެ، ސަރުކާރަށާއި ރައީސް މުހައްމަދު މުއިއްޒުއަށް ފާޑުކިޔުން ވަނީ ހުއްޓާލައިފަ އެވެ.
"ހަނގުރާމަ ކުރަން އަވަހަށް އާދޭ، އަހަރެމެން މިތިބީ ތައްޔާރަށް"
އީރާނުން އެއްބަސްވުމަކަށް ނައިސްފިނަމަ، ހަނގުރާމަ ފަށަން ތައްޔާރު
އީރާނުގެ ތެލުގެ 90 އިންސައްތަ ޗައިނާއިން ދަނީ ގަންނަމުން
