ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލް ހިމެނޭހެން އެއާޕޯޓުގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑިއްޖެ އެވެ.
ކަރަންޓު ކެނޑިފައިވަނީ މިއަދު ހެނދުނު 9:30 އެހާއިރު އެވެ. ކަރަންޓު ކެނޑިފައިވަނީ އެއާޕޯޓުގެ ބެކަޕް ޖަނަރޭޓަރުތައް ނުޖެއްސިގެން ކަމަށް "ހުރިހާ" އަށް މައުލޫމާތުދިން މީހަކު ބުނެފައިވެ އެވެ.
މިކަމާއި ގުޅޭ ގޮތުން އެމްއޭސީއެލްއިން ރަސްމީ ބަހެއް ބުނެފައި ނުވެ އެވެ.
ނަމަވެސް މީ ހައި ސީޒަން ދުވަސްވަރު ކަމުން ފަތުރުވެރިން ހިމެނޭހެން ގިނަ އަދަދެއްގެ ދަތުރުވެރިން ޗެކިން ނުވެވި ދަތިތަކާއި ކުރިމަތިވެފައިވާކަން ވަނީ އެނގިފަ އެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި އަހަރު ފެށުމާއެކު ހުރިހާ އެއާލަނަކުންވެސް ބޭނުން ކުރަނީ އާ ޓާމިނަލް އެވެ. ހާއްސަ ހަފުލާއަކާއެކު ވީއައިއޭގެ ޓާމިނަލް 1 ހުޅުވީ ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތާ ދިމާކޮށް މިދިޔަ ޖުލައި 26 ގަ އެވެ. އެ ޓާމިނަލް ހުޅުވި ނަމަވެސް މިހާތަނަށް އައިއިރު ހިދުމަތްތައް ފުރިހަމަވެފައި ނެތުމުން ގިނަ ބަޔަކު ދަނީ ޝަކުވާ ކުރަމުންނެވެ. ހާއްސަކޮށް އެފްއެންބީ އައުޓްލެޓްތައް މަދުވުމުން ގިނަ ބަޔަކު ކިޔޫގައި ޖެހިގެން ހިދުމަތް ހޯދަން އެތައް އިރެއްވަންދެން ތިބެން ޖެހުމުމުގެ ޝަކުވާ ކުރެ އެވެ.
ތިނަދޫ މޭޔަރު ކަމުގެ އެމްޑީޕީ ޓިކެޓް ސައުދު ކާމިޔާބު ކުރައްވައިފި
ސައިފްގެ މިލްކިއްޔާތު އޭނާގެ ދަރިންނަކަށް ނުލިބޭނެ!
ދިރާގު "ވިން 2 ސްޕީޑްބޯޓްގެ" ނަސީބުވެރިޔާ ހޮވައިފި