ހޮލީވުޑްގެ މަޝްހޫރު ދެ އެކްޓަރުން ކަމަށްވާ ޖަސްޓިން ބެލްޑޯނީއާއި ބްލޭކް ލައިވްލީއާ ދެމެދު ކުރިއަށްދާ ގާނޫނީ ކޯޅުމުގައި ބްލޭކްއާއި ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓްއާ ދެމެދު ކުރެވިފައިވާ މެސެޖުތަކެއް ލީކު ކޮށްލައިފި އެވެ.
ބްލޭކްއާއި ޓޭލާ ބަދަލު ކޮށްފައިވާ އެ ފޯނު މެސެޖުތައް ޖަސްޓިންގެ ވަކީލުން ލީކު ކޮށްލާފައިވަނީ ޖަސްޓިންގެ ފަރާތުން މައްސަލައަށް ހުށައަޅާ ހެކިތަކުގެ ތެރޭގަ އެވެ.
އެ މެސެޖުތަކުގައި ޓޭލާ ވަނީ ބްލޭކްއަށް ހޮލީވުޑްގެ ތަފާތު ނުފޫޒުތައް ބޭނުން ކުރާނެ ގޮތް ކިޔައިދީފައި ކަމަށް ހޮލީވުޑްގެ ހަބަރުތަކުން ބުނެ އެވެ.
އެގޮތުން އެ މެސެޖުތަކުން ޖަސްޓިންއާ ދެކޮޅަށް ބްލޭކް ހުށައެޅި ޖިންސީ ފުރައްސާރައިގެ ދައުވާއަކީ ޓޭލާގެ ނުފޫޒާއެކު ހުށައަޅާފައިވާ ދައުވާއެއްކަން އެނގޭ ކަމަށް ޖަސްޓިންގެ ވަކީލުން ބުނެ އެވެ.
ރޮމޭންޓިކު ފިލްމު "އިޓް އެންޑްސް ވިތު އަސް"ގެ ސެޓުގައި ޖަސްޓިން ބްލޭކްއަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނެ ކޮށްފައިވާ އެ ދައުވާގެ އަޑުއެހުން ތާވަލު ކުރެވިފައިވަނީ މެއި މަހުގެ 18 އަށެވެ.
ޓޭލާ ސްވިފްޓްގެ އިތުރުން ވެސް ގިގީ ހަދީދް، އެމިލީ ބްލަންޓް އަދި ހަގް ޖެކްމަން ފަދަ ފަންނާނުންގެ ނަން އެ މައްސަލާގައި ފެންމަތިވެފައިވެ އެވެ.
ވަޒީފާގެ އިންޓަވިއުއަކަށް ހެދުން އަޅާއިރު ސަމާލުވާންޖެހޭ!
އެމްޕީއެލްގެ މުވައްޒަފަކު ދެ ބޯޓު ދޭތެރެއަށް ވެއްޓި މަރުވެއްޖެ
16 ނޮމިނޭޝަންއާއެކު "ސިނާސް،އަށް އޮސްކާގެ ރެކޯޑެއް!