ރިއަލިޓީ ދުނިޔޭގައި މަޝްހޫރު ކާޑޭޝަން އާއިލާގެ މެމްބަރުންގެ ބުރުސޫރަ ރީތިކުރަން ޕްލާސްޓިކް ސާޖަރީ ހަދާ ކަމަށް މީޑިއާގައި އަބަދުވެސް ވާހަކަ ދެކެވެ އެވެ. އެކަމަށް ބައެއް ތަރިން އެއްބަސްވެފައި ވެސްވެ އެވެ.
އެގޮތުން ޕްލާސްޓިކް ސާޖަރީ ހެދި ކަމަށް އެއްބަސްވި އެ އެ އާއިލާގެ އެއް ތަރިއަކީ ކާމިޔާބު މޮޑެލް އަދި ރިއަލިޓީ ތަރި ކައިލީ ޖެނާ އެވެ.
"ދަ ކާޑޭޝިއަންސް" ގެ ޝޯއެއްގައި ވާހަކަ ދައްކަމުން ކައިލީ ބުނީ އޭނާގެ ފުރާވަރުގައި ހަށިގަނޑު ރީތިކުރުމަށް ޕްލާސްޓިކް ސާޖަރީ ހެދި ކަމަށެވެ.
ކައިލީ ބުނީ އޭނާ ސާޖަރީ ހެދީ ދަރިފުޅު ސްޓޯމީ ލިބުމުގެ ކުރިން ކަމަށާއި އެހެން ނަމަވެސް އެއީ އޭނާ މިހާރު ހިތާމަކުރާ ކަމެއް ކަމަށެވެ.
ސާޖަރީ ހެދުމުގެ ކުރިން ވެސް އޭނާގެ ހަށިގަނޑު ވަރަށް ރީތި ކަމަށާއި އަލުން ފުރުސަތެއް ލިބިއްޖެނަމަ އޭނާގެ ނިންމުން މުޅި ތަފާތުވާނެ ކަމަށެވެ.
"ވިހި އަހަރުގައި ދަރިއަކު ލިބޭނެ ކަމަކަށް އުއްމީދެއް ނުކުރަން. އެހެންވެ ޕްލާސްޓިކް ސާޖަރީ ހެދީ އުމުރުން ނަވާރަ އަހަރުގައި،" ކައިލީ ބުންޏެވެ.
އިތުރަށް ވާހަކަ ދައްކަމުން ކައިލީ ބުނީ އޭނާގެ ވެސް އަންހެން ދަރިއަކު އެބަހުރި ކަމަށާއި ދަރިފުޅު ސްޓޯމީ ޕްލާސްޓިކް ސާޖަރީ ހަދައިފި ނަމަ އޭނާ ވަރަށް ދެރަވާނެ ކަމަށެވެ.
ޕްލާސްޓިކް ސާޖަރީ ހަދާފައިވާ ކަމަށް ކައިލީ އެއްބަސްވެފައި ވަނީ އެކަމުގެ އަޑުތައް މީޑިއާގައި ދައުރު ވާތާ އެތައް އަހަރެއް ފަހުންނެވެ.
ބްލޭކްއާއި ޓޭލާގެ މެސެޖުތަކެއް ލީކު ކޮށްލައިފި
އިރާކޮޅު ނިދަން އާދަކުރަންވީ ގިނަ ސަބަބުތަކެއް!
އެހެން ގައުމުތަކަށް ހިޖުރަކުރި ބޮލީވުޑް ތަރިން!