ބިދޭސީންގެ މެދުގައި މަކަރާއި ހީލަތުން ފައިސާ ހޯދަމުންދިޔަ ބިދޭސީންތަކެއް ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ވޯކް ޕާމިޓާ ހިލާފަށް ރާއްޖޭގައި ވިޔަފާރިކުރުމާއި، ރާއްޖޭގައި މަސައްކަތް ކުރުމަށް ވޯކް ޕާމިޓް ހޯދައިދޭނެ ކަމަށް ބުނެ އޮޅުވާލައިގެން، އެހެން ބިދޭސީންގެ އަތުން ގިނަ އަދަދެއްގެ ފައިސާ ހޯދައި މަނީ ލޯންޑަރިންގްގެ އަމަލުތައް ހިންގަމުންދާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހަ މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަނގްލަދޭޝްއަށް ނިސްބަތްވާ މުޙައްމަދު އިމޮން ކަޒި (30އ) އާއި އަފްޖަލް ހޮސައިން (31އ) އާއި ޙަބީބުއްރަޙްމާން (35އ) އާއި މުޙައްމަދު ޙަނީފް ބަޕަރީ (46އ) އާއި ކަޒި ރައިހާން (22އ) އަދި މުޙައްމަދު ޔޫސުފް ޕްރޮދަން (30އ) އެވެ.
އެމީހުންގެ ތެރެއިން މުހައްމަދު އިމޮން ކަޒި އާއި ކަޒި ރައިހާން އަދި މުހައްމަދު ޔޫސުފް ޕްރޮދަން ހައްޔަރުކޮށްފައިވަނީ 2025 ޑިސެންބަރު 22 ވަނަ ދުވަހު އެވެ. އަފްޖަލް ހޮސައިން އާއި ހަބީބުއްރަޙްމާން ހައްޔަރުކޮށްފައިވަނީ 2025 ޑިސެންބަރު 23 ވަނަ ދުވަހު އެވެ. އަދި މުޙައްމަދު ހަނީފް ބަޕަރީ ހައްޔަރުކޮށްފައިވަނީ 2025 ޑިސެންބަރު 30 ވަނަ ދުވަހު އެވެ.
އެ އެންމެން އަދިވެސް ތިބީ ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބަންދުގަ އެވެ.
ހާރެއް އަޅާފައިވާ ފައިދިގު މަކުނެއް ފެނިއްޖެ؟
އެމްއޭސީއެލްގެ މުވައްޒަފުންނަށް އިހުމާލުވާކަމުގެ ޝަކުވާތަކެއް
އެހެން މީހުންގެ ލޮލުގައި ފުރަތަމަ އަޅައިގަންނަނީ ކޮން ކަމެއް؟
