ދިރާގު ރޯދަ ރެޑީ ޕްރޮމޯޝަންގެ ދެވަނަ ހަފްތާގެ ނަސީބުވެރި ފަރާތްތައް އިއުލާނުކޮށްފި އެވެ. ދިވެހީންގެ ސަގާފަތާއި އާދަކާދަތަކާ ގުޅުވައިގެން ފަރުމާކޮށްފައިވާ މި ޕްރޮމޯޝަންގެ މައިގަނޑު މަގްސަދަކީ ކަސްޓަމަރުންނަށް ރޯދަމަހަށް ތައްޔާރުވުމަށް ބޭނުންތެރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.
މި ގޮތުން، މި ޕްރޮމޯޝަންގެ ދެވަނަ ހަފުތާގައި ގުރުއަތުން ހޮވުނު ނަސީބުވެރިންނަށް ވިލާ މާޓުގެ 5،000 ރުފިޔާގެ ޝޮޕިންގް ވައުޗާ ވަނީ ހަދިޔާކޮށްފަ އެވެ. މި އަގުހުރި ވައުޗާތައް ހާސިލުކުރި ނަސީބުވެރިންނަކީ:
27 ޖަނަވަރީ – މުހައްމަދު ތޮލާލް
28 ޖަނަވަރީ – މޫސާ ނަސްރު
29 ޖަނަވަރީ – މަރިޔަމް ޝިފްލީން އިސްމާއިލް
30 ޖަނަވަރީ – މޫސާ ފަހުމީ
31 ޖަނަވަރީ – ޒިޔާދު މޫސާ
1 ފެބުރުވަރީ – އަހްމަދު ޔޫސައު
2 ފެބުރުވަރީ – ހުސައިން މާހިދު
މި ޕްރޮމޯޝަނުގެ ދަށުން ޖުމްލަ 21 ނަސީބުވެރި ފަރާތަކަށް 5،000 ރުފިޔާގެ ވައުޗާ ހޯދުމުގެ ފުރުސަތު ވަނީ ލިބިފަ އެވެ. އަދި، މީގެން ކޮންމެ ވައުޗަރަކީ ރާއްޖޭގެ މަގުބޫލު ވަކި ފިހާރައަކުން ނުވަތަ އެއާލައިނަކުން ވިޔަފާރި ކުރެވޭނެ ވައުޗަރއެކެވެ. މީގެ އިތުރުން، މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ހަފުތާއަކު ހޮވިފައިވާ ނަސީބުވެރިއަކަށް އެއް މިނެޓުގެ ތެރޭގައި ހިލޭ ބާޒާރުކުރުމުގެ ފުރުސަތު ވެސް ލިބިގެންދާނެ އެވެ.
20 ޖަނަވަރީ އިން 9 ފެބުރުވަރީ އަށް ކުރިއަށްގެންދިޔަ މި ޕްރޮމޯޝަނުގައި ބައިވެރިވުމުގެ ފުރުސަތު ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް 50 ރުފިޔާއިން ފެށިގެން މަތީގެ އެޑް-އޮންއެއް އެކްޓިވޭޓްކޮށްގެން، އަދި ދިރާގު ޕޯސްޓްޕެއިޑް ނުވަތަ ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އެޑް-އޮންއެއް ނުވަތަ ބޫސްޓަރއެއް އެކްޓިވޭޓްކޯށްގެން ބައިވެރިވުމުގެ ފުރުސަތު ވަނީ ލިބިފަ އެވެ.
މީގެ އިތުރުން، ޕްރޮމޯޝަންގެ މުއްދަތުގެ ތެރޭގައި 'ވިން 2 ސްޕީޑްބޯޓްސް' ޕްރޮމޯޝަނުގައި ބައިވެރިވެފައިވާ ކަސްޓަމަރުންނާއި، ދިރާގު x އައިސިކް ކާޑު ބޭނުންކުރާ ކަސްޓަމަރުންނާއި، ޕްރޮމޯޝަންގެ މުއްދަތުގައި އެއްވެސް ވެލިއު އެޑެޑް ސާވިސް (VAS) ސަބްސްކްރިޕްޝަނެއް އެކްޓިވޭޓްކުރި ކޮންމެ ކަސްޓަމަރަކަށް ވެސް މި ޕްރޮމޯޝަނުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ލިބިފަ އެވެ.
ދިރާގުގެ މައިގަނޑު އަމާޒަކީ މަންފާކުރަނިވި ހިދުމަތްތައް މެދުވެރިކޮށް ދިވެހިންގެ ދިރިއުޅުން އިތުރަށް ފާގަތިކޮށްދިނުމެވެ. މި ގޮތުން ކޮންމެ އަހަރެއްގެ ރޯދަމަހާ ދިމާކޮށް، ކަސްޓަމަރުންނަށް އަގުހުރި އިނާމުތަކެއް ލިބޭނެ ތަފާރު ހާއްސަ ޕްރޮމޯޝަންތައް އެ ކުންފުނިން ދަނީ ކުރިއަށް ގެންދަމުންނެވެ.
ޕީއެންސީން އިންތިހާބު ކާމިޔާބުކުރަން އުޅެނީ ވަޒީފާދީގެން:އެމްޑީޕީ
