މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މުވައްޒަފުންނަށް ކުރިއަށް އޮތް ރަމަޟާން މަހު އިތުރުގަޑީގެ ފައިސާ ދިނުމުގައި އަމަލުކުރާނީ އެހެން މަސްތަކެކޭ ވެސް އެއްފަދައިން ހަފްތާއަކު 48 ގަޑިއިރަށްވުރެ އިތުރަށް މަސައްކަތްކުރާ ވަގުތަށް އެކަނި ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ހިންގާ އެމްއޭސީއެލް އިން ނެރުނު ސާކިއުލާ އެއްގައި ބުނެފައި ވަނީ، 1447 ވަނަ އަހަރުގެ ރަމަޟާން މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު އެ ކުންފުނީގެ އިދާރީ މުވައްޒަފުންގެ މަސައްކަތު ގަޑިއަކީ ހެނދުނު 9:00 އިން މެންދުރުފަހު 1:30 އަށް ކަމަށެވެ.
މިއީ ދުވާލަކު ޖުމްލަ 4 ގަޑިއިރާއި 30 މިނެޓެވެ. އަދި ހެނދުނު 9:00 އިން 9:30 އާ ދެމެދު ގްރޭސް ޕީރިއަޑެއްގެ ގޮތުގައި ވަނީ ކަނޑައަޅާފަ އެވެ.
ޑިއުޓީ އުސޫލުން މަސައްކަތްކުރާ މުވައްޒަފުންނާ ގުޅޭގޮތުން އެ ކުންފުނިން ބުނީ، އެ މުވައްޒަފުން މަސައްކަތް ކުރަންޖެހޭނީ އެހެން މަސްމަހެކޭ ވެސް އެއްފަދައިން ކަމާބެހޭ ޑިޕާޓްމަންޓްތަކުން ނެރޭ ޑިއުޓީ ރޮސްޓަރާ އެއްގޮތަށް ކަމަށެވެ.
އިތުރުގަޑީގެ ފައިސާއާ ގުޅޭގޮތުން އެމްއޭސީއެލްގެ ސާކިއުލާގައި ބުނެފައިވަނީ، ރަމަޟާން މަހު އިތުރުގަޑީގެ ފައިސާ ލިބޭނީ އެހެން މަސް މަހެކޭ ވެސް އެއްފަދައިން ހަފްތާއަކު 48 ގަޑިއިރަށް ވުރެ އިތުރަށް މަސައްކަތް ކޮށްފައިވާ ވަގުތަށް ކަމަށެވެ.
"ރަމަޟާން މަހު އިތުރުގަޑީގެ ފައިސާ ލިބޭނީ އެހެން މަސް މަހެކޭ ވެސް އެއްފަދައިން ހަފްތާއަކު 48 ގަޑިއިރަށް ވުރެ އިތުރަށް މަސައްކަތްކޮށްފައިވާ ވަގުތަށް ކަމަށް ދަންނަވަމެވެ." އެ ސާކިއުލާގައި ބުނެފައިވެ އެވެ.
މީގެ މާނައަކީ ރަމަޟާން މަހުގެ ރަސްމީ ގަޑިއަށްވުރެ އިތުރަށް މަސައްކަތް ކުރި ނަމަވެސް، ހަފްތާއަކު ޖުމްލަ 48 ގަޑިއިރު ހަމަނުވާނަމަ އިތުރުގަޑީގެ ފައިސާ ނުލިބޭނެ ކަމެވެ.
މި ނިންމުމަކީ 16 ފެބްރުއަރީ 2026 ގައި އެ ކުންފުނިން އާންމުކޮށްފައިވާ އުސޫލެކެވެ. މިއީ މީގެ ކުރީ އަހަރުތަކުގައި ވެސް އެ ކުންފުނިން އަމަލުކުރަމުން އައިސްފައިވާ ގޮތެވެ.
ބަޖެޓާ ހިލާފަށް ހަރަދުކުރާތީ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި
ރަޝްމިކާއާއި ވިޖޭގެ ކައިވެނި މިމަހު 26 ގައި
ރައީސް މުއިއްޒު ބަންގްލަދޭޝް އަށް ފުރާވަޑައިގެންފި