ކޮރޯނާވައިރަސް ޕެންޑެމިކާ ގުޅިގެން ނިއުޔޯކް ޓައިމްސްގެ ސްކޮޔާގައި ކޮންމެ އަހަރަކުވެސް ބާއްވާ އައު އަހަރުގެ ހަރަކާތްތައް 114 އަހަރުގެ ތެރޭގައި ފުރަތަަމަ ފަހަރަށް ނުބާއްވާ ގޮތަށް ނިންމައިފި އެވެ.
ޓައިމްސް ސްކޮޔާ އަކީ ކޮންމެ އަހަރަކު ވެސް އެންމެ ކުލަގަދަކޮށް އައު އަހަރު ފާހަގަކުރާ ތަނެވެ. އަދި މި ހަރަކާތްތައް ބެލުމަށް މިލިއަނުން މީހުން އެއްވެ އެވެ. އަދި މި ހަރަކާތްތައް ޓީވީ މެދުވެރިކޮށް ބިލިއަނަކަށް ވުރެ ގިިނަ މީިހުން ބަލަ އެވެ.
އެހެން ނަމަވެސް މިއަހަރު މި ހަރަކާތްތައް ނުބާއްވާ ވާޗުއަލްކޮށް ކައުންޓްޑައުންއެއް ބާއްވަން ވަނީ ނިންމާފަ އެވެ.
މި ހަރަކާތްތައް އިންތިޒާމުކުރާ ޓައިމްސް ސްކޮޔާ އެލަޔަންސްއިން ބުނެފައިވާ ގޮތުގައި މި ހަރަކާތް ކަވާކުރަން ވަކި ވަރަކަށް ބްރޯޑްކާސްޓަރުން އެ ސަރަހައްދަށް އައުމުގެ ހުއްދަ ދެވޭނެ ކަމަށާއި އެ މީހުން ތިބޭނީ ގައިދުރުކޮށްގެން ކަމަށެވެ.
އެއީ އާދައެއް: "ޑޮން 3"އިން ރަންވީރު ވަކިވުމުން ފަރްހާންގެ ރައްދު
ސެކިއުރިޓީސް ދަރަނި 100 ބިލިއަނުން މައްޗަށް އަރައިފި
މޯލްޑިވިއަނުން ޓްވިން އޮޓާގެ ދެ ބޯޓު ގަންނަނީ
