މެދުއިރުމައްޗަށް ދަތުރުކުރާ ދިވެހީން ދުރާލައި ދަތުރުގެ ކަންކަން ރޭވުމަށް އެމްއޭސީއެލް އިން އިލްތިމާސްކޮށްފި އެވެ.
އެމްއޭސީއެލް އިން މިރޭ ނެރުނު ޓްރެވަލް އެޑްވައިޒަރީއެއްގައި ވަނީ ފަސިންޖަރުން އެއާޕޯޓަށް ދިޔުމުގެކުރިން އެ ފަސިންޖަރަކު ފުރަން ހަމަޖެހިފައިވާ ފްލައިޓްގެ މައުލޫމާތު އެއާލައިންގެ ވެބްސައިޓާއި ޓުއާ އޮޕަރޭޓަރުން މެދުވެރިކޮށް ހޯދަން އެދޭ ކަމަށެވެ.
ޓުއާ އޮޕަރޭޓަރުންގެ ފަރާތުން ފްލައިތަކުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުމާއެކު ކަމާގުޅިގެން ދޭ އިރުޝާދުތަކަށް ތަބާވުމަށް އެދޭ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މީގެއިތުރުން ދުރާލައި ދަތުރުގެ ކަންކަން ރޭވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އެމްއޭސީއެލް އިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ބަދަލުހިފުމުގެ ގޮތުން އީރާނުން ވަނީ އަރަބި ގައުމުތަކުގައި ހުރި އެމެރިކާގެ މިލިޓަރީ ބޭސްތަކަށް ވަރުގަދަ ހަމަލާތަކެއް ފޮނުވާލާފަ އެވެ.
ބީއެމްއެލް އިން ނެޓްބޯލް އެސޯސިއޭޝަނާއެކު އެއްބަސްވުމެއް
ވޯލްޑް ކަޕް: އޮޅުމަކުން 8000 ޑޮލަރުގެ ޕާކިން ފާހެއް ގަނެފި
ވޯލްޑް ކަޕްގައި ޝަކީރާގެ ކާމިޔާބު 20 އަހަރު!
