ރަމަޟާން މަހަކީ އަހަރުމެންގެ އާދަކާދައަށް ވަރަށް ބޮޑު ބަދަލެއް އަންނަ ދުވަސް ވަރެކެވެ. ކުރިން ގެންގުޅުނު ބައެއް ނޭދެވޭ އާދަތަކުން ވެސް ދުރުވާ ދުވަސް ވަރެކެވެ. އޭގެ ތެރެއިން އެއް ކަމަކީ ދުންފަތުގެ އިސްތިއުމާލު ކުރުމެވެ.
ރޯދައަށް ތިބޭ 12 ވަރަކަށް ގަޑިއިރަކީ އަމިއްލަ ނަފްސު ކޮންޓްރޯލް ކޮށް ދުންފަތުގެ އިސްތިއުމާލް ކުރަން ބޭނުންވާ ބޭނުންވުން ކޮންޓްރޯލް ކުރަން އަހަރުމެންނަށް ދަސްކޮށްދޭ ވަގުތު ތަކެވެ.
އެހެން ކަމުން ރޯދަ ވީއްލުމަށް ފަހު ވެސް މި ގޮތުގައި ހިފަހައްޓާލަން ފަސޭހަވާނެ ކަން ޔަގީނެވެ. ރޯދަ ވީއްލައިގެން ސިނގިރޭޓެއް ބުއިމުގެ ބަދަލުގައި މެންތޯލް ސެންޓަޑް ޗުއިންގަމެއް ހަފާލުން ރަނގަޅުވާނެ އެވެ.
މީގެ އިތުރުން ވެސް ރޯދަ ވީއްލާ ގަޑީގައި ހުތްރަހަ ދޭ ކެއުންތައް ކެއުމަކީ ސިނގިރޭޓުގެ ރަހަ ނުބައި ކޮށްދީ ރޯދަ ވީއްލުމަށްފަހު ވެސް ސިނގިރޭޓާ ދުރުހެލިވާން އެހީވެދޭނެ ކަމެކެވެ.
މިފަދަ ބައެއް ކަންކަމުގެ އެހީގައި ރޯދަ މަހަކީ ދުންފަތުގެ އިސްތިއުމާލު ކުރުމާ ދުރުވާން ލިބޭ ރަނުގެ ފުރުސަތެކެވެ. އެހެން ކަމުން މި ރޯދަ މަހު މި ނުބައި އާދައިން ސަލާމަތްވާން އަޒުމު ކަނޑައަޅަމާ ހެއްޔެވެ!
ސްކޭމްގެ މައްސަލަތަކުގައި މިހާތަނަށް 33 މިލިއަން ގެއްލުނު
މެކްސިކޯ ވޯލްޑް ކަޕްގެ ދެވަނަ ބުރަށް
"ސްޕައިޑަމޭންގެ އާ ސަފްހާއަކާއެކު ޓޮމް އެނބުރި އަތުވެއްޖެ