ލަންޑަން (30 އޭޕްރީލް) ކުރިން ކޮވިޑް 19 ޖެހިފައި ނުވާނަމަ، ފައިޒާ ވެކްސިންގެ ފުރަތަމަ ޑޯޒް އަށްފަހު އެ ބަލީގެ އާ ވޭރިއަންޓްތަކުން ރައްކާތެރި ނުވާ ކަމަށް ދިރާސާތަކުން ދައްކައިފި އެވެ.

އިނގިރޭސިވިލާތުގެ އިމްޕީރިއަލް ކޮލެޖުން ކުރިއަށް ގެންގޮސްފައިވާ މި ދިރާސާގައި ބައިވެރި ވެފައިވަނީ ފައިޒާ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ އެގައުމުގެ ސިއްހީ އޮފިޝަލުންނެވެ.

އެގޮތުން ނަތީޖާތަކުން ދައްކާގޮތުގައި ކުރިން ކޮވިޑް ޖެހިފައިވާ މީހުން ވެކްސިންގެ ފުރަތަމަ ޑޯޒަށްފަހު އިނގިރޭސިވިލާތުންނާއި ސައުތު އެފްރިކާއިން ފެނިފައިވާ އެބަލީގެ އާ ވޭރިއަންޓްތަކުން ރައްކާތެރިކޮށްދޭ މިންވަރު އިތުރުވެ އެވެ. އަދި ހަމައެއާއެކު ކުރިން ކޮވިޑް ޖެހިފައި ނުވާނަމަ ވެކްސިންގެ ފުރަތަމަ ޑޯޒަށްފަހު ވެސް އާ ވޭރިއަންޓްތައް ޖެހުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ދިރާސާއިން ދައްކަ އެވެ.

މި ދިރާސާގައި ޓެސްޓު ކުރެވިފައިވަނީ އިނގިރޭސިވިލާތާއި ސައުތު އެފްރިކާއިން ފެނިފައިވާ ކޮވިޑްގެ ވޭރިއަންޓްތަކަށް ފައިޒާ ވެކްސިނުން ލިބިދޭ ރައްކާތަރިކަމުގެ މިންވަރަށެވެ-- ރޮއިޓާސް