30 އަހަރުގެ ޚުދުމުޚްތާރުވެރިކަން ސިއްސުވާލި ފުރަތަމަ މަގުމަތީ މުޒަހަރާއަކީ ފެށުމެއް ކަމަށާއި ހުރިހާ ބުރަޔަކާ ނާމާންކަމެއްގައި ޕާޓީ ނަގައި ކޮޅަށް ޖެހި ޚިދުމަތްތެރިން ގެއްލުވާލިއަސް މާޒީއެއް ނުފޮހެވޭނެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ) ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ކުރީގެ މަޖިލިސް ނައިބު ރައީސް މޫސާ މަނިކު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ 2006 ވަނަ އަހަރުގެ މޭޑޭ މުޒާހަރާއަކީ 30 އަހަރުގެ ޚުދުމުޚްތާރު ވެރިކަން ސިއްސުވާލި ފުރަތަމަ މަގުމަތީ މުޒަހަރާއަކީ ފެށުމެއް ކަމަށާއި ހުރިހާ ބުރަޔަކައި ނާމާންކަމެއްގައި ޕާޓީ ނަގައި ކޮޅަށް ޖެހި ޚިދުމަތްތެރިން ގެއްލުވާލިއަސް މާޒީއެއް ނުފޮހެވޭނެ ކަމަށެވެ. މި ޓްވީޓްގައި ވަނީ 2006 ވަނަ އަހަރުގެ މޭޑޭގެ މުޒާހަރާގެ ފޮޓޯތައް ވެސް މޫސަ ވަނީ ހިއްސާ ކުރައްވާފަ އެވެ. އަދި ރިޔާސީ ހާލީގައި ބަރުލަމާނީ ބިހެއް ފީ ނުކުރެވޭނެ ކަމަށް މޫސަގެ ޓްވީޓްގައި ވަނީ ވިދާޅުވެފަ އެވެ.
މީގެ ކުރިން ބައެއް މީޑިއާތަކުގައި މޫސަ ވިދާޅުވެފައިވަނީ ކުރީގެ ރައީސް ނަޝީދުއަކީ ހުދުމުހުތާރު ވެރިއެއް ކަމަށާއި އެމްޑީޕީއަށް އިހުލާސްތެރިން އެ ޕާޓީއިން ބޭރުކޮށްލާފައިވާ ކަމަށެވެ.
އެމްޑީޕީއަކީ ރައީސް ނަޝީދު އެކަނި ޕާޓީއެއް ނޫން ކަމަށާއި އެޕާޓީގެ ތެރެއަށް ބަރުލަމާނީ ބިސް އެޅުމަކީ ނާދިރުކަމެއް ކަމަށް ވެސް މޫސަ ވިދާޅުވި އެވެ. އަދި ބަރުލަމާނީ ނިޒާމް ގެންނަ ހަމައެކަނި އުޅެނީ ކުރީގެ ރައިސް ނަޝީދު އެކަނި ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
މޫސަ މިހެން ވިދާޅުވެފައި މިވަނީ ދިވެހިރާއްޖޭގައި މިހާރު ހިންގަމުންދާ ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން ބޭނުންފުޅުވާ ރައީސް ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ. ނަޝީދު އެހެން ވިދާޅުވުމާއި ގުޅިގެން އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ސޯޝަލް މީޑިއާގައި ބަރުލަމާނީ ނިޒާމުގެ ކެމްޕެއިން ފަށާފަ އެވެ.
މޫސަ ކިތައްމެ އަގަ ތެޅިއަސް އެމްޑީޕީއަކައް ބޭނުމެއް ނުކުރާނެ