އައްޑޫ ހިތަދޫގެ ހިއްކި ސަރަހައްދުގައި ބާރު ސްޕީޑުގައި ދުއްވި ކާރެއް ފުރޮޅާލައި ހިނގި އެކްސިޑެންޓެއްގައި އެކެއްގެ ހާލު ސީރިއަސްވެ ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓު ހިނގިކަމުގެ މައުލޫމާތު ރިޕޯޓުކޮށްފައި ވަނީ މިއަދު ހަވީރު 4:50 ހާއިރު ކަމަށެވެ. މި ކާރު ފުރޮޅާލީ ހިތަދޫ ހިއްކި ސަރަޙައްދުގައި ބާރު ސްޕީޑުގައި ދުއްވާފައި ދަނިކޮށެވެ.
"ހުރިހާ"އަށް އެނގިފައިވާ ގޮތުގައި މި ހާދިސާގައި އެންމެ ބޮޑަށް ހާލު ދެރަވެގެން ފަރުވާ ދެމުން އަންނަނީ ކާރު ދުއްވަން ހުރި ވެމްކޯގެ މުވައްޒަފަކަށެވެ.
މި ހާދިސާ ހިނގިއިރު ކާރުގައި ތިބި 4 މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު، އޭގެ ތެރެއިން ކާރު ދުއްވި ޑްރައިވަރަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
އަނިޔާވި އެންމެންނަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާދެމުންނެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއެއްގައި ފެންނަ ގޮތުގައި އެކްސިޑެންޓުވި ކާރު ވެސް ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އެއީ ޓެކްސީއެއްގެ ގޮތުގައި ބޭނުންކުރާ ކާރެކެވެ.
ފަހުވަގުތު ހަވާއެރުވުން ކެންސަލްކުރީ ސިޔާސީ ނުފޫޒުން: ކައުންސިލް
ގޭހަށް ޖެހި، އިންޑިއާގެ ގިނަ ބަޔަކު ވަޒީފާތައް ދޫކޮށް ގެއަށް!
ވޯލްޑް ކަޕަށް ދޭންޖެހޭ ފަންޑު އެމެރިކާއިން ނުދޭތީ ކަންބޮޑުވެއްޖެ