މިއަދަކީ މިއަހަރުގެ އޭޕްރީލް މަހުގެ އެއްވަނަ ދުވަހެވެ. މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކުރާ ދުވަހެއް ކަމަށްވާ "އޭޕްރީލް ފޫލްސް" ދުވަހެވެ.
ތާރީހާއި ސަގާފަތުގެ ތެރެއިން ފާހަގަ ކުރެވޭ މި ދުވަހަކީ އެކަކު އަނެކަކަށް ހެއްވާ މަޖާ ލަނޑު ދިނުމާއި ހެއްދުން ފަދަ ކަންކަން ކުރާ ދުވަހެކެވެ.
މި ދުވަހުގެ ތާރީހަށް ބަލާލާއިރު އެކަން ފެށެނީ 1592 ވަނަ އަހަރު ގްރެގޯރިއަން ކަލަންޑަރު އުފައްދައި ޖެނުއަރީ 1 ގައި އާ އަހަރު ފަށައި މާޗު މަހުގެ ނިޔަލަށް އަހަރު ދެމިގެންދާ ގޮތަށް ނިންމި ހިސާބުންނެވެ.
އެހެން ނަމަވެސް ފަހުން އެ ކަލަންޑަރަށް ބަދަލު ގެނެވި އަހަރު ނިމޭ މަސް ޑިސެމްބަރަށް ބަދަލުކުރިއިރު ބައެއް މީހުން ވަނީ އެ ބަދަލާ ދެކޮޅަށް އަޑު އުފުލައި އެކަމަށް ދެކޮޅު ހަދާފަ އެވެ.
ނަތީޖާއެއްގެ ގޮތުން އެފަދަ މީހުންނަށް އެ ބަދަލަށް ތާއީދުކުރި މީހުންގެ މަލާމާތާއި ފުރައްސާރަ އަމާޒުވެ އެމީހުންނަށް "އޭޕްރީލް ފޫލްސް"ގެ ނަމުން ނަން ދެވުނެވެ. އެއާއެކު އެފަދަ މީހުންނަށް މަލާމާތްކޮށް އެކި ކަހަލަ ލަނޑު ދިނުމުގެ ސަގާފަތެއް އުފެދުނެވެ.
އެ ސަގާފަތް އަހަރުތަކުގެ ތެރެއިން މިއަދާ ހަމައަށް އައިސްފައިވާއިރު މިއަދު ވެސް އެ ދުވަހަކީ ބައެއް މީހުން އެފަދަ ކަންކަމުގައި ހިއްސާވާ ދުވަހެކެވެ.
ފިލްމު ފްރެންޗައިޒް "އެވެޓާ"ގެ މުސްތަގްބަލް އޮތީ ކިހިނެއް؟
"ތެޔޮ އެތެރެކުރަން ކުރާ ހޭދަ 110 ޕަސެންޓް އިތުރުވެއްޖެ"
އީރާނުގެ އިސްލާހުތައް އެމެރިކާއާ ހިއްސާކޮށްފި