ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ދެކޮޅުކަން ކުރީގެ ހެރިޓޭޖް މިނިސްޓަރު އަދި ކުރީގެ ރައީސް މައުމޫން ޢަބްދުލްގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫން ހާމަކުރައްވައިފި އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޔުމްނާ ވިދާޅުވީ، މަޖިލިސް އިންތިހާބު ބާއްވަން އެންމެ ރަނގަޅީ ރިޔާސީ ދައުރުގެ މެދުތެރޭގައި ކަމަށެވެ.
އެގޮތަށް އެކަން ކުރަންޖެހޭ ސަބަބަކީ، އޭރުން ސަރުކާރާ މެދު ރައްޔިތުން ހިތްހަމަޖެހޭތޯ ނުވަތަ ނޫންތޯ ބަސް ބުނުމުގެ ފުރުސަތު ދައުރުގެ މެދުތެރެއިން ރައްޔިތުންނަށް ލިބިގެންދާނެތީ ކަމަށް އޭނާ ވިދާޅުވި އެވެ.
ބޮޑު ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުން ދެކެނޭ ގޮތެއް ބަލަން ނަގާ ވޯޓުގައި "ނޫނެކޭ" ބުނަންޖެހޭ ކަމަށް ގިނަ ބަޔަކު އަންނަނީ ވަކާލާތު ކުރަމުންނެވެ.
އޭގެތެރޭގައި ތަޖުރިބާކާރު ގާނޫނީ ވަކީލުންނާއި ސިޔާސީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުން ހިމެނެ އެވެ.
މާލޭ ޓެކްސީ އެޕްގެ ކޮރަޕްޝަން މައްސަލަ މަޖިލީހަށް
ޕީޖީ މުވައްޒަފުން އަންގާރައިގައި ގޭގައި މަސައްކަތް ކުރަނީ
މެނިފެސްޓޯ ތަންފީޒުކުރަން ފުރުސަތު ނުދީފި ނަމަ ގޯސްވާނެ: އާޒިމް
