ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު އެ މަގާމުން މިއަދު ވަކިކޮށްފި އެވެ.
ޑިސެމްބަރު 23، 2024 ގައި އެ ކުންފުނީގެ އެމްޑީގެ މަގާމަށް އައްޔަން ކުރެއްވި ނަޖާހު އެ މަގާމުން ވަކިކުރެއްވި ސަބަބެއް ސަރުކާރުން އަދި ނުބުނެ އެވެ.
މިދިޔަ ހޮނިހިރު ދުވަހު އޮތް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ސަރުކާރުން އަންގައިގެން ފެނަކަ އިން ވަނީ އެތައް ސަތޭކަ ބަޔަކަށް ވަޒީފާ އާއި ޕްރޮމޯޝަން ބަހައިފަ އެވެ. އަދި އެ ކުންފުންޏަކީ ކޮރަޕްޝަންގެ މައްސަލަތައް އިންތިހާއަށް އެކުލެވޭ ކުންފުންޏެކެވެ.
ލޮޖިސްޓިކްސް ދާއިރާއިން މަތީ ތައުލީމު ހާސިލް ކުރައްވާފައިވާ ހ. ޔެލޯ ރޯޒް ނަޖާހު ވަނީ 21 އަހަރު ވަންދެން ސިފައިންގޭގައި ހިދުމަތް ކުރައްވައިފަ އެވެ. ނަޖާހު ވަނީ ލޮޖިސްޓިކްސް މެނޭޖުމަންޓުގެ ދާއިރާ އިން މާސްޓާސް ހައްދަވައިފަ އެވެ.
ނަޖާހު މަގާމުން ވަކިކުރެއްވި ސަބަބެއް ޕީސީބީން ނުބުންޏަސް މާލެ ފިޔަވައި އެންމެ އާބާދީ ބޮޑު ދެ ސިޓީ ކަމަށްވާ އައްޑޫ އާއި ފުވައްމުލަކުގެ އިތުރުން އެހެން ބައެއް ރަށްރަށުގެ ކަރަންޓުގެ މައްސަލަ ހައްލު ނުކުރެވި މި ސަރުކާރުގައި އެތައް ދުވަހެއް ވުމުން ވަނީ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވެފަ އެވެ.
ބޮޑު ގެއްލުމުގައި ހިންގާ ފެނަކައަށް މެނޭޖިން ޑިރެކްޓަރުގެ އިތުރުން ދެ މެނޭޖިން ޑިރެކްޓަރުން އައްޔަންކޮށްފައިވެ އެވެ.
"ޓްރަމްޕްގެ ނުބައި އަމަލުތަކުގެ ސަބަބުން މުޅި ސަރަހައްދު ރޯވާނެ"
މުއިއްޒުއަށް ކެމްޕޭންކޮށްދިން ޓޫފޯއަށް ޕޮލިސް ކޮމިޝަނަރުކަން
ބިންހެލުމެއްގައި ކަޕޫރު އާއިލާގެ އާސާރީ ގެއަށް ގެއްލުންތަކެއް!