ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފު (މުންދު) އާއި، ޖެނީވާގައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު މިއަދު މަގާމުން ވަކިކޮށްފި އެވެ.
އެ ދެ ބޭފުޅުން މަގާމުން ވަކިކުރައްވާފައި ވަނީ ރައީސް މުހައްމަދު މުއިއްޒަށް ވެރިކަމުގެ ދެވަނަ ދައުރެއް ނުލިބޭނެކަން ސާފުވާ ކަމަށް މާފަންނު މެދު ދާއިރާގެ މަޖިލިސް މެންބަރު އަސްމާ ރަޝީދު ވިދާޅުވާ އޯޑިއޯއެއް ލީކްވެފައި ވަނިކޮށެވެ. މުންދުއަކީ އަސްމާގެ ދަރިކަލުންނެވެ. އަދި ސަލްމާއަކީ އަސްމާގެ ކޮއްކޮއެވެ.
ލީކްވި އޯޑިއޯގައި އަސްމާ ވިދާޅުވެފައި ވަނީ އޭނާ ޕާޓީން ވަކިކުރިޔަސް މައްސަލައެއް ނެތް ކަމަށާއި އަމިއްލަ ހަރަދުގައި ދިރިއުޅެވޭނެ ތަނަވަސްކަމެއް އެބަހުރި ކަމަށެވެ. އަދި މަޖިލީހުގެ ގޮނޑި ގެއްލުވާލިޔަސް އެމްޑީޕީގެ ސަޕޯޓަރުންގެ ތާއީދާއެކު އަލުން އެ ގޮނޑި ދިފާއުކުރައްވާނެ ކަމަށް އަސްމާ ވަނީ ވިދާޅުވެފަ އެވެ.
މީގެއިތުރުން ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާމިނަތު ހުސައިން ޝަރީފަ ވެސް ވަނީ މަގާމުން ވަކިކޮށްފައެވެ.
ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ އަސްމާގެ އޯޑިއޯއާ ގުޅިގެން ރައީސް މުއިއްޒު ހުންނެވީ ވަރަށް ބޮޑަށް ކޯފާވެފައި ކަމަށެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި، އަސްމާގެ އޯޑިއޯއާ ގުޅިގެން ފިޔަވަޅު އަޅާއިރު، މަޖިލިސް މެންބަރުންނާއި މިނިސްޓަރުން މަސައްކަތް ކުރެއްވި ދާއިރާތަކުން ސަރުކާރަށް ނާކާމިޔާބީއާ ކުރިމަތިވެފައިވާތީ، އެ ބޭފުޅުންނާ މެދުވެސް ފިޔަވަޅު އަޅަންޖެހެއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ށ. ފުނަދޫގައި ހެލްތު ކޭމްޕެއް
އީރާނުގައި ގެއްލުނު އެމެރިކާގެ އަސްކަރީ އޮފިސަރު ސަލާމަތް ކޮށްފި
ދަރިން ތަރުބިއްޔަތު ކުރުމުގައި ސަމާލުވާންޖެހޭ ދެތިން ކަމެއް!
