ލޯކަލް ކައުންސިލް އިންތިހާބުގައި މާފަންނު މެދު ދާއިރާގެ ގޮނޑި ވެރިކަންކުރާ ޕީއެންސީއަށް ކާމިޔާބު ނުކުރެވުނީ، ޕީއެންސީގެ އެ ދާއިރާގެ ކެމްޕެއިން ޓީމުން އޭނާ ބާކީކޮށް، އޭނާގެ އެއްވެސް އެހީތެރިކަމެއް ބޭނުން ނުކުރުން ކަމަށް އެ ދާއިރާގެ މަޖިލިސް މެންބަރު އަސްމާ ރަޝީދު ވިދާޅުވެއްޖެ އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން 400އެއްހާ ވޯޓުގެ ތަފާތަކުން އެ ގޮނޑި ކާމިޔާބުކޮށްފައި ވަނީ، އެމްޑީޕީ ކެންޑިޑޭޓް އައިޝަތު ހަނާ އެވެ. ޕީއެންސީ ކެންޑިޑޭޓް އާސިޔަތު ރީސާ މުހައްމަދަށް ލިބުނީ، 570 ވޯޓެވެ. އެމްޑީޕީގެ ކެންޑިޑޭޓް ހަނާއަށް ލިބުނީ 943 ވޯޓެވެ.
މިކަމާ ގުޅިގެން "ދައުރު" ނޫހަށް ދެއްވި އިންޓަވިއުއެއްގައި އަސްމާ ވިދާޅުވީ، އޭނާ އަދިވެސް ހުންނެވީ ޕީއެންސީއާ އެކު ކަމަށެވެ. އިންތިހާބުގައި އެ ދާއިރާއިން ނާކާމިޔާބީވީ އޭނާ ބާކީކޮށް، އޭނާގެ އެހީތެރިކަން އެޕާޓީގެ ކެމްޕެއިން ޓީމުން ނުހޯދުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޕްރައިމަރީއަކާ ނުލާ އެ ދާއިރާގެ ޓިކެޓް ރީސާއަށް ދީފައި ވަނީ، އޭނާގެ އެއްވެސް މަޝްވަރާއެއް ނެތި ޕާޓީ ތެރެއިން ވަކި ބަޔަކު ބޭނުން ވެގެން ކަމަށާއި ޓިކެޓަށް ވާދަ ކުރި އެހެން ކެންޑިޑޭޓުންގެ ނަން މަޖުބޫރުކޮށްގެން ނެގުވި ކަމަށް ވެސް އަސްމާ ވިދާޅުވި އެވެ.
"ނަމަވެސް ރީސާގެ ކެމްޕެއިން ޓީމުން އަޅުގަނޑުގެ އެހީއެއް ބޭނުން ނުވި. އަޅުގަނޑާ ގާތް މީހަކު ވެސް ކެމްޕެއިންނާ ކާއިރިވިޔަ ނުދޭން އޮތީ އަންގާފައި،" އަސްމާ ވިދާޅުވި އެވެ.
މާފަންނު މެދު ދާއިރާގެ ކެމްޕެއިންގެ އިސް ބޭފުޅަކަށް ޕީއެންސީން އައްޔަންކޮށްފައި ވަނީ ލޯކަލް ގަވަަމަންޓް އޮތޯރިޓީގެ ސީއީއޯ މުހައްމަދު ނިމާލް އެވެ.
ނިމާލް ވެސް ހަގީގަތުގައި އެ ގޮނޑި ޕީއެންސީއަށް ހޯދައިދޭން މަސައްކަތްކޮށްފައިނުވާ ކަމަށް އަސްމާ ތުހުމަތު ކުރެއްވި އެވެ.
"ނިމާލް ބޭނުންވީ ދެން އަންނަ މަޖިލީހުގައި އޭނާގެ ދަރިއެއް މި ދާއިރާގެ މެންބަރަކަށް ނެރެން. އެމީހުން ކުރީ އެ ކެމްޕެއިން. ކައުންސިލް ކެމްޕެއިން ނުކޮށް،" އަސްމާ ވިދާޅުވި އެވެ.
އާންމުންގެ މަސްލަހަތު އިސްކުރާ މީހަކު އެމްޑީޕީއާ ހަވާލުވާން ޖެހޭ
ހޯމް ކޮންސްޓްރަކްޝަން ފައިނޭންސިންގެ އިކުއިޓީ 5 ޕަސެންޓަށް
ހޮރްމޫޒް ކަނޑުއޮޅީގެ ގަރާރު ޗައިނާއާއި ރަޝިޔާއިން ވީޓޯކޮށްފި
