މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ "ފަވަރަ" ޕޭމަންޓް ސިސްޓަމް މެދުވެރިކޮށް ދޭ ޚިދުމަތްތަކާ ގުޅޭ ޝަކުވާތައް ހުށަހެޅުމަށްޓަކައި ޚާއްސަ ހޮޓްލައިން ނަންބަރެއް ތައާރަފްކޮށްފި އެވެ.
އެމްއެމްއޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި "1544" މި ހޮޓްލައިން ތައާރަފްކޮށްދެއްވީ ގަވަރުނަރު އަހްމަދު މުނައްވަރެވެ.
މި ހޮޓްލައިނަކީ އެމްއެމްއޭގެ ޕޭމަންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން ފޯރުކޮށްދޭ ޕޭމަންޓް ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށާއި، ހިދުމަތް ހޯދާ ފަރާތްތަކަށް ދިމާވާ އެކި އެކި މައްސަލަތައް ލުއިފަސޭހަކަމާއެކު އަވަހަށް ހައްލުކޮށްދިނުމުގެ މަގުސަދުގައި ގާއިމުކުރެވުނު ނަންބަރެކެވެ. މި ހޮޓްލައިން މެދުވެރިކޮށް ހުށަހެޅޭ މައްސަލަތައް ބަލައި، އެ ކަންކަމަށް ހައްލު ހޯދައިދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ޕޭމަންޓް މޯލްޑިވްސް އިންނެވެ.
އެމްއެމްއޭ އިން މައުލޫމާތު ދޭ ގޮތުގައި، މާލީ ހިދުމަތްތަކާ ގުޅޭ އާންމު ޝަކުވާތައް ހުށަހެޅުމަށް މިހާރުވެސް ބޭނުންކުރަމުންދާ 1444 ނަންބަރުގެ ޚިދުމަތް މެދުކެނޑުމެއް ނެތި ކުރިއަށްދާނެ އެވެ. ނަމަވެސް އަލަށް ތައާރަފްކުރި 1544 ނަންބަރަކީ ފަވަރައާއި ޕޭމަންޓް މޯލްޑިވްސްއިން ފޯރުކޮށްދޭ އެހެނިހެން ޕޭމަންޓް ޚިދުމަތްތަކަށް ޚާއްސަކުރެވިފައިވާ ނަންބަރެކެވެ.
މިއީ ރާއްޖޭގެ ބޭންކިންގ އަދި މާލީ ނިޒާމުގެ ތެރެއިން ފައިސާގެ މުއާމަލާތްތައް ހިންގުމުގައި ކަސްޓަމަރުންނަށް ދިމާވާ ގޮންޖެހުންތަކަށް އަވަސް ހައްލެއް ލިބި، ޚިދުމަތުގެ އިތުބާރު ބޮޑުވެގެންދާނެ ކަމެއްކަމަށް އެމްއެމްއޭ އިން އުންމީދު ކުރެ އެވެ.
އާންމުންގެ މަސްލަހަތު އިސްކުރާ މީހަކު އެމްޑީޕީއާ ހަވާލުވާން ޖެހޭ
ދުވާލަކު ބޮވޭ ކޮފީގެ އަދަދުން ސިއްހަތަށް އަސަރެއް ކުރޭތަ؟
ޒަރިޔަންދު ޕީއެންއެފްއަށް ސޮއިކޮށްފި
