ޖަރުމަނުގެ "ހިޕް" ބްރޭންޑުގެ ކުޑަކުދިންގެ ކާނާގެ ފުޅިއަކުން މީދާ މަރާ ވިހަ ފެނުނު މައްސަލައެއް އޮސްޓްރިއާގައި ތަހުގީގުކުރަމުންދާތީ އެ ބްރޭންޑުގެ ކާނާ ބޭނުން ކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން މަނާކޮށްފި އެވެ.
އެމްއެފްޑީއޭއިން ނެރުނު ބަޔާނެއްގައި ބުނީ، "ހިޕް" ބްރޭންޑުގެ ކުޑަކުދިންގެ ކާނާގެ ފުޅިއަކުން ރޮޑެންޓްސައިޑް ނުވަތަ މީދާ މަރާ ވިހަ ފެނުނު މައްސަލައެއް އޮސްޓްރިއާގައި ތަހުގީގުކުރަމުންދާ ކަމަށެވެ.
އެމްއެފްޑީއޭ އިން ބުނި ގޮތުގައި، މި އުފެއްދުމަކީ އެ އޮތޯރިޓީގައި ރަޖިސްޓްރީކޮށްފައި އުފެއްދުމަކަށް ނުވިޔަސް، އަމިއްލަ ބޭނުމަށް ރާއްޖެ އެތެރެކޮށް ބޭނުންކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ބާވަތުގެ އެއްވެސް އުފެއްދުމެއް ރާއްޖެ އެތެރެ ނުކުރުމަށާއި ނުވިއްކުމަށާއި ބޭނުން ނުކުރުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފަ އެވެ.
ޖަރުމަނާއި އޮސްޓްރިއާގެ އިތުރުން ޗެކް ރިޕަބްލިކް އަދި ސްލޮވާކިއާއިން ވެސް ފުލުހުން ވަނީ މި ބާވަތުގެ ފުޅިތައް ތަހުގީގަށް ނަގައިފަ އެވެ. އޮސްޓްރިއާގެ ފުލުހުން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ތަހުގީގަށް ނެގި ސާމްޕަލްތައް ޓެސްޓުކުރިއިރު މީދާ ވިހަ ފެނިފައިވާ ކަމަށެވެ.
އީރާނުން އެމެރިކާގެ މަނަވަރުތަކަށް ޑްރޯން ހަމަލާތަކެއް ދީފި
ބްރިޖްގެ މަސައްކަތް ހިތްހަމަޖެހޭ ގޮތަށް ކުރިއަކަށް ނުދޭ: ރައީސް
އެމެރިކާއާއެކު މަޝްވަރާއަށް ދިއުމާ މެދު ގޮތެއް ނުނިންމަން: އީރާން