ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޝްރައްދާ ކަޕޫރާއި ނޯރާ ފަތޭހީގެ އިތުރުން، ސޯޝަލް މީޑިއާގެ ނުފޫޒުގަދަ ފަރާތެއް ކަމަށްވާ އޯރީގެ ނަން 2022 ވަނަ އަހަރުގެ މަސްތުވާތަކެތީގެ މައްސަލައަކުން އުނިކުރަން ނިންމައިފި ކަމަށް ރިޕޯޓްތައް ބުނެފި އެވެ. މި މީހުންގެ މައްޗަށް އެކަށީގެންވާ ހެކި ނެތުމުން، މުމްބާއީ ފުލުހުން ކޯޓަށް ހުށަހަޅާ އިތުރު ދައުވާގެ ލިސްޓުން މި ފަންނާނުންގެ ނަންތައް އުނިކުރެވޭނެ އެވެ.
ޝްރައްދާ، ނޯރާ އަދި އޯރީގެ މައްޗަށް ކުށެއް ނެތްކަން ހާމަވުން
އިންޑިއަން އެކްސްޕްރެސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މުމްބާއީ ފުލުހުންގެ އެންޓި ނާކޮޓިކްސް ސެލް (އޭއެންސީ) އިން ކުރިއަށް ގެންދިޔަ ތަހުގީގަށްފަހު، މި ފަރާތްތަކާ ދެކޮޅަށް އެއްވެސް ހެއްކެއް ފެނިފައެއް ނުވެއެވެ. ޝްރައްދާ އާއި ނޯރާގެ އިތުރުން، ޝްރައްދާގެ ބޭބެ ސިދާންތު ކަޕޫރާއި ސިޔާސީ ލީޑަރު ޒީޝާން ސިއްދީގީގެ ނަންވެސް މި މައްސަލައިގައި ކުރިން ހިމެނުނެވެ. ނަމަވެސް މުމްބާއީ ފުލުހުން ބުނެފައިވަނީ މި ސެލެބްރިޓީންނާއި މަސްތުވާތަކެތީގެ ވިޔަފާރިއާ ގުޅުމެއްވާކަން ސާބިތުކޮށްދެވޭނެ އެއްވެސް ހެއްކެއް މިހާތަނަށް ލިބިފައި ބުވާކަމަށެވެ.
މި ހަބަރާ ގުޅިގެން "އޯރީ" ގެ ނަމުން މަޝްހޫރުވެފައިވާ އޯރްހާން އަވަތުރަމަނީ ވަނީ އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް ވަރުގަދަ ރައްދެއް ދީފަ އެވެ. އޭނާ ބުނެފައިވަނީ، ހަގީގަތް ބެލުމެއް ނެތި ހަމައެކަނި މީހުންގެ ސަމާލުކަން ހޯދުމަށް އޭނާގެ އަބުރަށް ހުތުރުވާ ގޮތަށް ވާހަކަދެއްކި މީހުން މިހާރު ކޮބައިތޯ އެވެ؟ އޭނާ ވަނީ ހަފުތާތަކެއް ވަންދެން އޭނާގެ ނަން ކިލަނބުކުރަން ބަޔަކު މަސައްކަތް ކުރި ކަމަށް ބުނެ ނުރުހުން ފާޅުކޮށްފަ އެވެ.
މި މައްސަލަ ފެށުނީ 2022 ވަނަ އަހަރު މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވޭ މުހައްމަދު ސަލީމް (ޝެއިހް) ހައްޔަރުކުރުމާ ގުޅިގެންނެވެ. ފުލުހުންގެ ސުވާލުތަކަށް ޖަވާބުދެމުން ޝެއިހް ވަނީ މުމްބާއީ އާއި ދުބާއީގައި ބޭއްވި ބޮޑެތި ޕާޓީތަކަށް އޭނާ މަސްތުވާތަކެތި ފޯރުކޮށްދިން ކަމަށް ބުނެފަ އެވެ. އަދި އެ ޕާޓީތަކުގައި ނޯރާ ފަތޭހީ އާއި ޝްރައްދާ ކަޕޫރު ފަދަ ތަރިން ބައިވެރިވި ކަމަށް އޭނާ ބުނެފައިވެއެވެ. ނަމަވެސް، ފުލުހުން ބުނާ ގޮތުގައި އެމީހުން އެތަނުގައި ތިބުމަކީ މަސްތުވާތަކެތީގެ މުއާމަލާތުގައި ބައިވެރިވުން ކަމަށް ބެލެވޭނެ ގާނޫނީ ހެއްކެއް ނޫނެވެ. 2025 ވަނަ އަހަރުގެ ކުރީކޮޅު ފުލުހުން ވަނީ މި ތަރިންނާ ސުވާލުވެސް ކޮށްފަ އެވެ.
ނޮޅިވަރަމުން އިރުއިރުކޮޅާ ކަރަންޓް ކެނޑޭތާ ތިން މަސް
ވޯލްޑް ކަޕްގައި އީރާނަށް ކުޅެވޭނެ، އެއްވެސް ހުރަހެއް ނެތް: ރޫބިއޯ
އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލަދޭނެ ކަމުގެ އިންޒާރުދީފި