'އައިޝާ' ގެ ނަމުގައި އަދަދު ނޫހުން ދެއްކި ޑޮކިއުމަންޓްރީއާ ގުޅިގެން 'އަދަދު' ނޫސް ހިންގާ އޮފީސް ފުލުހުން ބަލާފާސްކުރަން ފަށައިފި އެވެ.
ފުލުހުން އެ އޮފީހަށް ވަދެފައި ވަނީ ކޯޓް އަމުރެއްގެ ދަށުންނެވެ.
އަދަދު ނޫހުގެ އޮފީހަށް ފުލުހުން ވަދެފައި ވަނީ އެ ޑޮކިޔުމެންޓްރީއާ ގުޅޭގޮތުން ދައުވާ ކުރުމަށް ކަމާބެހޭ އިދާރާތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ގޮވާލައްވާފައި ވަނިކޮށެވެ.
މިދިޔަ މާޗް މަހުގެ 28 ވަނަ ދުވަހު އަދަދު ނޫހުގެ ސޯޝަލް މީޑިއާ މަންސަތަކުގައި އާންމުކުރި މި ޑޮކިއުމަންޓްރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކުރީގެ މުވައްޒަފަކު ވަނީ ރައީސް މުއިއްޒާއެކު ޒާތީ ގުޅުމެއް އޮތް ކަމަށް ބުނެ ބޮޑެތި ތުހުމަތުތަކެއް ކޮށްފަ އެވެ.
އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތެރޭގައި ޖިންސީ ގުޅުން ހިންގި ކަމަށާއި، ރައީސްގެ ފަރާތްޕުޅުން ކޮންމެ މަހަކުވެސް އޭނާއަށް ފައިސާ ދެމުންދިޔަ ކަމަށް އެ މުވައްޒަފު ވަނީ ބުނެފަ އެވެ. މީގެ އިތުރުން، އޭނާއާ ދެވަނަ އަތްނބެއްގެ ގޮތުގައި ކައިވެނި ކުރުމަށް ރައީސް ހުށަހެޅުއްވި ކަމަށްވެސް އެ ޑޮކިއުމަންޓްރީގައި އޭނާ ވަނީ ތުހުމަތުކޮށްފަ އެވެ.
މި މައްސަލައާ ގުޅިގެން މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުއިއްޒު ވަނީ އެ ޑޮކިއުމަންޓްރީގައި ހިމެނޭ ހުރިހާ ވާހަކަތަކެއް ކަނޑައެޅިގެން ދޮގުކުރައްވާފަ އެވެ. ރައީސް ވިދާޅުވީ މި މަސައްކަތުގައި ބައިވެރިވި އެންމެހައި ފަރާތްތަކާ މެދު ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކުގައި އެދިވަޑައިގަންނަވާނެ ކަމަށެވެ.
އަދަދު ނޫހުގެ ނޫސްވެރިން ބުނީ ހެކީގެ ގޮތުގައި ހޯދަނީ ކޯއްޗެއް ކަމެއް ކޯޓު އަމުރުގައި ބަޔާންކޮށްފައިނުވާ ކަމަށެވެ.
ބޮޑު ބަދަލާއި އެކު ކުރިމަތިލާން ޖެހޭނީ 2023 ގެ ނާކާމިޔާބީއާ
ނޮޅިވަރަމުން އިރުއިރުކޮޅާ ކަރަންޓް ކެނޑޭތާ ތިން މަސް
ރަޝިޔާއިން އީރާނަށް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދީފި
