ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު ލަމްއާން މިއަދު ވަކިކޮށްފި އެވެ.

ލަމްއާން މަގާމުން ވަކިކުރިކަން ވަނީ ކަށަވަރުވެފަ އެވެ. ނަމަވެސް އޭނާ މަގާމުން ވަކިކުރި ސަބަބެއް ސާފެއް ނުވެ އެވެ.

ކުއްލި ގޮތަކަށް ލަމްއާން ވަކިކުރުމުން އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ދެން ހުންނަވާނީ މުޖުތަބާ ލަތީފެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ ކުންފުންޏަށް ލަމްއާން އައްޔަންކުރީ ފެބްރުއަރީ 1، 2024 ގަ އެވެ.

މި ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ކޮރަޕްޓް އެއް ކުންފުނިން ދަނީ މެންޑޭޓުން ބޭރުން ސަރުކާރު ހިންގާ ޕާޓީއަށް ތާއީދު އިތުރުކޮށްދިނުމުގެ ގޮތުން ކުދި ކުދި ރަށްރަށުގެ ބިން ހިއްކުމާއި އައުޓްޑޯ ޖިމް ހެދުމާއި ބައެއް ރަށްރަށުގައި އެއާޕޯޓު ހަދައި ދިނުމާއި ރަސްމާލެ އާއި ހުޅުމާލެ 3 ހިއްކުމުގެ މަސައްކަތް ކުރަމުންނެވެ.

އޭނާ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެނަކައިގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރައްވައިފަ އެވެ.

މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ކައުންސިލް އިންތިހާބަށް ފަހު ސަރުކާރު ބައެއް ކުންފުނިތަކުގެ އިސްވެރިން ވަނީ މަގާމުން ވަކިކޮށްފަ އެވެ. އޭގެ ތެރޭގައި މިފްކޯ، އެމްޕީއެލް، ފެނަކަ އަދި އެމްޑަބްލިއުއެސްސީ ފަދަ ކުންފުނިތައް ހިމެނެ އެވެ.