ހަބަރެއް ލިޔެގެން ދިހަ ދުވަހުގެ ޖަލު ހުކުމެއް އިއްވި އަދަދު ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނަސީރު މިއަދު މިނިވަންވެއްޖެ އެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ ރައީސް މުހައްމަދު މުއިއްޒުއަށް ކުރެވޭ ތުހުމަތުތަކެއްގެ ވާހަކަ ނުދެއްކުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ގެގް އަމުރާ ހިލާފުވި ކަމަށް ބުނެ އެވެ.
ލީވާންގެ މައްޗަށް ޖަލު ހުކުމެއް އިއްވީ، އެ އަމުރުގެ ހަބަރު ލިޔުނުއިރު، އަމުރާ ހިލާފުވި ކަމަށް ބުނެ އެވެ. ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ކަނޑައަޅައި ލީވާންގެ މައްޗަށް 10 ދުވަހުގެ ޖަލު ހުކުމެއް އިއްވީ މި މަހުގެ 12ގަ އެވެ. އެ މުއްދަތު މިއަދަށް ވަނީ ހަމަވެފަ އެވެ.
ލީވާންގެ އިތުރުން ރައީސް މުހައްމަދު މުއިއްޒުއާ ސުވާލެއް ކުރުމުން އެ ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާންގެ މައްޗަށް ވެސް ޖަލު ހުކުމެއް ވަނީ އިއްވާފަ އެވެ. ޝަހުޒާންގެ މައްޗަށް ކޯޓުގެ ހުރުމަތް ކެނޑިކަމުގެ ކުށުގައި އިއްވީ 15 ދުވަހުގެ ޖަލު ހުކުމެކެވެ.
އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒާއި އެޑިޓަރު ހަސަންގެ މައްޗަށް މި މައްސަލާގައި ވަނީ ގަޒުފުކުރުމުގެ ދައުވާ އުފުލައި ޝަރީއަތް ފަށާފަ އެވެ.
"ދުރަންދަރް 2"ގައި އިންޑިއާގެ އަސްކަރީ ސިއްރުތަކެއް؟
ޖެންޑާ މިނިސްޓްރީ މުވައްޒަފުންނަށް މުސާރަ ލިބޭނީ އީދަށް ފަހު
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް އިސްތިއުފާދެއްވައިފި