ރާއްޖެއަށް ލިބުން ހައްގު ކަމަށް ވިދާޅުވެ، ރާއްޖޭގެ ބައެއްގެ ގޮތުގައި ކަނޑައަޅަން ރައީސް މުހައްމަދު މުއިއްޒު މަސައްކަތް ކުރަމުންދާ ޗާގޯސް އައިލެންޑްސް ގަތުމަށް އެމެރިކާ އިން މަސައްކަތް ފަށައިފި އެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު ބޭއްވި ޖަލްސާއެއްގައި ރައީސް މުއިއްޒު ވިދާޅުވީ އެއްވެސް ގައުމަކާ އެ ރަށްތައް ހަވާލުކުރާނަމަ ރާއްޖެއާ ހަވާލުކުރުމަށް ދިވެހި ސަރުކާރުގެ ފަރާތުން ކަމާ ބެހޭ ފަރާތްތަކުގައި ދަންނަވަމުންދާކަމަށެވެ.
ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސި ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކުރި އެވެ. ނަމަވެސް އެ އެއްބަސްވުމަށް އަމަލީ ސިފަ އައިސްފައެއްނުވެ އެވެ.
ޗާގޯސް ރާއްޖެއަށް ހޯދުމަށް އިނގިިރޭސި ސަރުކާރަށް ސިޓީ ފޮނުވި ކަމަށް ވެސް ރައީސް މުއިއްޒު ވަނީ ކުރިން ވިދާޅުވެފަ އެވެ.
އިނގިރޭސި ނޫހެއް ކަމަށްވާ ދަ ޓެލެގްރާފުން ރިޕޯޓުކޮށްފައިވާ ގޮތުގައި އިނގިރޭސި ސަރުކާރުން އެކުލަވާލި އެއްބަސްވުމާމެދު ހިތްހަމަނުޖެހި ވައިޓް ހައުސްއިން ވަނީ ޕްލޭންތަކެއް އެކުލަވާލާފަ އެވެ. އެމެރިކާގެ އެންމެ މުހިންމު އެއް އަސްކަރީ މަރުކަޒު ހިންގަނީ ޗާގޯސްގެ ޑިއޭގޯ ގާސިއާގަ އެވެ.
"ޑިއޭގޯ ގާސިއާ އެޓޯލް ހިމެނޭހެން، އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައިވާ ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ އެހެން ފަރާތަކަށް ދޫކޮށްނުލުމަކީ ރައީސް ޓްރަމްޕްގެ ވިސްނުން. އެއީ އެމެރިކާގެ ގައުމީ ސަލާމަތަށް ނުހަނު ބޭނުންތެރި އަދި މުހިންމު އަސްކަރީ މަރުކަޒެއް،" އެމެރިކާގެ އޮފިޝަލަކު ރޮއިޓާސްއަށް ވިދާޅުވި އެވެ.
އިނގިރޭސި ސަރުކާރުން މޮރިޝަސްއާއެކު އެއްބަސްވުމެއް ހެދުމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވަނީ އެ އެއްބަސްވުމާ ދެކޮޅު ހައްދަވާފަ އެވެ. އެހެންވެ އެ އެއްބަސްވުމަށް އަމަލުކުރެވޭގޮތެއް ނުވި އެވެ. ކަންމިހެން އޮތްއިރު، ބައިނަލްއަގުވާމީ ފަރާތްތަކާ ވާހަކަދައްކައިގެން ނުވަތަ ބައިނަލްއަގުވާމީ އިދާރާތަކަށް މައްސަލަ ހުށަހަޅައިގެން ވެސް ރާއްޖެއަށް ޗާގޯސް ލިބުމަކީ ވާނެކަމެއް ނޫންކަން ސާފެވެ. އެމެރިކާ އަކީ ދުނިޔޭގެ އެންމެ ބާރުގަދަ ގައުމެވެ.
އެމެރިކާއާ ދެކޮޅަށް ޗާގޯސް ރާއްޖެއަށް ހޯދުމަށް ކުރާ މަސައްކަތް ވެގެންދާނީ ދައުލަތުގެ ބަޖެޓުން ކުރެވޭ ބޭކާރު ހަރަދަކަށެވެ.
ރާއްޖެއަށް ލިބެން ނެތްތަނެއް ހޯދުމަށް ކަމަށް ބުނެ ބޭރުގެ ގާނޫނީ ވަކީލުން ހަޔާކޮށްގެން ދައުލަތުން ބޮޑު ހޭދައެއްކުރާތީ ގިނަ ބައެއްގެ ނުރުހުން ވަނީ ސަރުކާރަށް އަމާޒުވެފަ އެވެ.
މީކާއީލް ނުކުންނެވީ ޕާޓީ ހިންގުމުގެ މެނިފެސްޓޯއަކާއެކު: ސޯލިހު
"ކޮކްޓެއިލް 2"ގެ ޓްރެއިލާއަށް އެމެރިކާގައި ވެސް ބޮޑު ތަރުހީބެއް!
ފުލުހުންގެ ތަރުޖަމާނުގެ މަގާމަށް އާރިފް ހަމަޖައްސައިފި
