ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) އަށް މަރުގެ އިންޒާރު ދިން ޓީޗަރު ސަސްޕެންޑް ކޮށްފި އެވެ.
ސަސްޕެންޑް ކޮށްފައިވަނީ ނ. ކުޑަފަރީ ސްކޫލްގެ އިސްލާމް ޓީޗަރު މުހައްމަދު އަޝްރަފު އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ އަހުމަދު އަލީ ވިދާޅުވީ އަޝްރަފްގެ މައްސަލަ މިނިސްޓްރީގެ ސަމާލު ކަމަށް އައުމާއެކު އެ މައްސަލަ ބަލަން ފަށައިފައިވާ ކަމަށެވެ. އަދި މިއަދުން އެއް މަސް ދުވަހަށް އޭނާ ސަސްޕެންޑް ވެސް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަޝްރަފް އޭނާގެ ފޭސްބުކް އެކައުންޓުގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ވަހީދު ތައުބާ ނުވެއްޖެނަމަ އޭނާ މަރަން ޖެހޭ ކަމަށެވެ. 2019 ވަނަ އަހަރު ފާސްކުރި ޓެރަރިޒަމްގެ ގާނޫނުގެ ދަށުން މީހުނަށް މަރުގެ އިންޒާރު ދިނުމަކީ ބޮޑު ކުށެކެވެ.
މަރަށް މަރު ނުވަތަ ގިސާސް ހިފުމަކީ "ސިކު" މީހުން ކުރާކަމެއް ކަމަށް ވިދާޅުވެފަ އެވެ. އެކަމާ ގުޅިގެން ވަހީދަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވި އެވެ. އަދި އެ ވާހަކަތަކާ ގުޅިގެން ވަހީދަށް އެކި އެކި އިންޒާރު ލިބެމުންދާތީ އެމްޑީޕީން މީގެ ކުރިން ވަނީ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ.
ރައީސް ޔާމީން ގޮޑްވާލަން ގޮވާލި މީހާ ހައްޔަރެއް ނުކުރޭ. ފުލުހުންނަކީ އޭރަކު އޮންނަ ސަރުކާރެއްގެ މަސްލަހަތު ހިމާޔަތް ކުރަން އޮންނަ ބައެއްބާ..